އިންޑިއާ އިން ތަކެތި ހިފައިގެން އަންނަ އަމިއްލަ ބޯޓެއް މިއަދު މާލެ ވަންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 31ސ
އިންޑިއާ އިން ތަކެތި ހިފައިގެން އަންނަ އަމިއްލަ ބޯޓެއް މިއަދު މާލެ ވަންނާނެ!

އިންޑިއާއިން ފިޔަ އާއި ބިސް ފަދަ ތަކެތި ހިފައިގެން ރާއްޖެ އަންނަ ބޯޓު ވީބީ ޕރޮގްރެސް މިއަދު މެންދުރުފަހު 3.00 ހައިއިރު މާލެ ވަންނާނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ އެބޯޓުގެ އިންޖީނުގައި ރޭ އަލިފާން ހިފި ކަމަށާއި ނަމަވެސް ފަޅުވެރިން އެކަން ހައްލުކޮށް މިހާރު ދަތުރުކުރަމުން އަންނަ ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް، ގެއްލުމެއް ނުލިބޭ ކަމަށާއި ބޯޓުގައި ތިބީ 11 އިންޑިއާ މީހުން ކަމަށާއި އެ ބޯޓަށް މާލޭ ބަނދަރަށް ވަދެވޭނެ ކަމަށް ލަފާކުރެވެނީ މިއަދު މެންދުރު ފަހު، 15:00 އެހާކަންހާއިރު ކަމަށެވެ.

މިއަދު އޮންލައިން