ރާއްޖެތެރޭ ވިޔަފާރިވެރިންގެ ކަންބޮޑުވުން - ބޮޑު އަގުގަ ގަނެފަ އޮޑިފަހަރަށް އަރުވާފަ ހުރި މުދާ ގެއްލުމުގަ ވިއްކީމަ ބަދަލު ދޭނީ ކާކު؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ރާއްޖެތެރޭ ވިޔަފާރިވެރިންގެ ކަންބޮޑުވުން - ބޮޑު އަގުގަ ގަނެފަ އޮޑިފަހަރަށް އަރުވާފަ ހުރި މުދާ ގެއްލުމުގަ ވިއްކީމަ ބަދަލު ދޭނީ ކާކު؟

ސަރުކާރުން މިއަދު ބައެއް މުދަލުގެ އަގުތައް ކޮންޓްރޯލުކުރުމުން ރާއްޖެ ތެރޭގެ ބައެއް ވިޔަފާރިވެރިން ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަކުރަނީ ފިޔާގެ މައްސަލައެވެ. 

ބައެއް ވިޔަފާރިވެރިން ބުނަނީ 400 ރުފިޔާ އާއި 500 ރުފިޔާ އާއި ދެެމދުގެ އަގުތަކަށް ބާޒާރުން ގަނެ މިހާރު ބޯޓު ފަހަރަށް ވަރަށް ގިނަ އަދަދެއްގެ ފިޔާ ބަރުކޮށްފައި އެބަ ހުރި ކަމަށާއި އެތަކެތި ރަށަށް ގެނެސް ގެއްލުން ކޮށްފައި ވިއްކުމުން ބަދަލު ދޭނީ ކޮން ފަރާތަކުންކަން ނޭނގޭ ކަމަށެވެ. އަދި ވިޔަފާރިތަކަށް މިހައި ބޮޑު ހީނަރުކަމެއް އައިސްފައިވާ ވަގުތެއްގައި ކުދި ވިޔަފާރިވެރިންނަށް މިހައި ބޮޑު ގެއްލުމެއް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މިބާވަތުގެ ފިޔަވަޅުތައް އަޅަންވާނީ ކުދި ވިޔަފާރިތަކަށް ގެއްލުން ނުވާނެ ގޮތަށް ކަމަށެވެ. 

"ހައްދުންމަތީގަ ހިންގާ އެސްޓީއޯ ފިހާރައަކު އަލުވި ފިޔާ ބިހެއް ނެތްތާ ކިތަންމެ ދުވަހެއް. ގަންނަން މިޖެހެނީ ފުނަދޫގައި ހުންނަ އަމިއްލަ މީހެއްގެ ފިހާރައިން 550 ރުފިޔާއަށް ފިޔާ ބަސްތާއެއް. ގަނެގެން ގެނައިތަނުން 20 ރުފިޔާއަށް ވިއްކަން އެންގީމާ ކިހައި ބޮޑު ގެއްލުމެއް މިލިބުނީ؟ އަހަރެމެންވެސް ވިއްކަން ބޭނުމީ ހެޔޮ އަގުގަ. އެހެންވީމާ ފުރަތަމަ ކަމަކަށް ހެޔޮ އަގުގަ ގަންނަން ލިބޭނެ ގޮތް ހަދައިދޭންވީ! ކުދި ވިޔަފާރިތައް ކަތިނުވާނެ ގޮތަށް ކަންކަން ކޮސްދޭންވީ!" ހައްދުންމަތިން މައުލޫމާތު ދިން ވިޔަފާރިވެރިއަކު ބުނެފައިވެއެވެ.

މިއަދު އޮންލައިން