ފާތިމަތު ޖަމީލް އަވަހާރަވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 42ސ
ފާތިމަތު ޖަމީލް އަވަހާރަވެއްޖެ!

ދައުލަތަށް ވަރަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ފާތިމަތު ޖަމީލް މިއަދު އުމުރުން 82 އަހަރުގައި އަވަހާރަވެއްޖެއެވެ.

ފާތިމަތު ޖަމީލް އަކީ ކުރީގެ އުއްތަމަ ފަނޑިޔާރުމަނިކުފާނު އަދި ދީނީ އިލްމުވެރިޔާ ޝޭހު މުހައްމަދު ޖަމީލް ދީދީގެ ދޮށީ އަންހެންދަރިކަނބަލުންނެވެ.

ފާތިމަތު ޖަމީލް އަވަހާރަވީ، އުނދަގުލެއް ވެގެން މިއަދު ހެނދުނު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން އަންނަނިކޮށް މެންދުރުފަހުގެ ވަގުތެއްގައެވެ.

ފާތިމަތު ޖަމީލްގެ ފާހަގަކޮށްލެވޭ ހިދުމަތްތަކުގެތެރޭގައި 1978 ކުން 1993 ވަނަ އަހަރަށް ރާއްޖޭގެ އަންހެނުންގެ އިދާރާގެ އެންމެ އިސްވެރިޔާކަމާއި  އަދި 1980 ވަނަ އަހަރު އަންހެނުންގެ ގައުމީ ކޮމެޓީގެ ރައީސާކަން ހިމެނެއެވެ. އަދި އޮފީސް އޮފް ވިމެންސް އެފެއާޒްގެ ވެރިއެއްގެ ގޮތުގައިވެސް އެކަމަނާ ވަނީ ހިދުމަތް ކުރައްވާފައެވެ.

ފާތިމަތު ޖަމީލްގެ ޖަނާޒާ އޮންނާނީ މިރޭ 7 ޖަހާއިރެވެ.

މިއަދު އޮންލައިން