މިއަދުވެސް 141 މީހަކަށް ނަޞޭޙަތްދޭން ޖެހުނު!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 27ސ
މިއަދުވެސް 141 މީހަކަށް ނަޞޭޙަތްދޭން ޖެހުނު!

މާލެ ސިޓީގައި ކާފިޔު ވަގުތު ކަމަށް ކަނޑައަޅާފައިވާ 3 ގަޑިއިރުގެ ތެރޭގައި 141 މީހަކަށް ނަޞޭޙަތް ދޭން ޖެހުނު ކަމަށް ފުލުހުން ބުނެފިއެވެ. 

ކާފިޔު ވަގުތުގައި މަގުމައްޗަށް ނުކުންނަ މީހުންނަށް މިއަދު ފިޔަވަޅު އަޅާނެ ކަމަށް ރޭ ބުނެފައިވީނަމަވެސް ފުލުހުންގެ ޓްވީޓުން އެނގެނީ މިއަދުވެސް އެއްވެސް ފިޔަވަޅެއް ނުއަޅައި ނަޞޭޙަތްތެރިވި ކަމެވެ.  

ރާއްޖޭގައި ކާފިޔު އަދި ހިންގަމުން ގެންދަނީ ރާއްޖޭގެ ޙާލަތު އެ ދަރަޖައަށް ގޯސްވެގެނެއް ނޫނެވެ. ނަމަވެސް ކުރިމަތިވެދާނެ ޙާލަތަކަށް ރައްކައުތެރިވުމުގެ ގޮތުންނެވެ.

 

 

މިއަދު އޮންލައިން