މިއަދު ކޮންމެ މުސްލިމެއްގެވެސް އުންމީދަކީ ރަމަޟާން އައުމުގެ ކުރިން ކޮރޯނާ އިން ސަލާމަތްވެވި މިސްކިތްތައް ހުޅުވައި ނަމާކުރަން ފެށުމެވެ. މިސްކިތްތަކުގައި ޤުރްއާން ކިޔަވަން ތިބެވުމެވެ.
ޚަބަރުގައިވާ ޓްވީޓުގެ ވީޑިއޯ އަޑުއައްސަވައިލައްވާށެވެ! "ކޮރޯނާ ދާނެއެވެ! ރަމަޟާން އަންނާނެއެވެ! މިސްކިތްތައް ހުޅުވައި ޤުރްއާން ކިޔަވަން ތިބޭނަމުއެވެ!"
ރާއްޖޭގެ ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މިހިނގާ އެޕްރިލް މަހުގެ 26 ވަނަ ދުވަހެވެ. އެހެންކަމުން ރަމަޟާން މަސް ބައްދަލުކުރަން ދެން އޮތީ ދާދި މަދު ދުވަސްކޮޅެކެވެ.
މާތް ﷲ އެންމެހައި ދިވެހިންނަށާއި ދުނިޔޭގެ ހުރިހާ މުސްލިމުންނަށް ރަމަޟާން މަސް، ފަސޭހަ ލުއި މަހެއް ކަމުގައި ލައްވަވާށި! ކޮރޯނާގެ ބިރުވެރިކަމުން ސަލާމތްވެވި މިސްކިތްތަކުގެ ފުރިހަމަ ބޭނުން ހިފޭނެ މަގު މިންވަރުކޮށް ދެއްވަވާށި! ރަމަމާން މަހުގެ ފުރިހަމަ ސަވާބު ޙާޞިލުކުރެވޭނެ މަގު ފަހިކޮށް ދެއްވަވާށި! އާމީން
O Allah, let us reach #Ramadan. Ameen!#Islam #Coronavirus #COVID2019 #COVID19 #COVIDー19 #Ramadan #Ramadan2020 #RamadanCountdown pic.twitter.com/6PfRSwRDyS
— زاھىد ئەختەر - Zahid Akhtar (@ZahidDOAM) April 4, 2020