ޤުރްއާން ޗެލެންޖުގަ ޝަލަބީ ބައިވެރިވެ ކިޔަވައިފި! ވަރަށް ފުރިހަމަ މާޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ޤުރްއާން ޗެލެންޖުގަ ޝަލަބީ ބައިވެރިވެ ކިޔަވައިފި! ވަރަށް ފުރިހަމަ މާޝާ ﷲ

ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެމަނިކުފާނުގެ ފޭސްބުކްގައި ކުރިއަށް ގެންދަވާ "ޤުރްއާން" ޗެލެންޖުގައި މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމް ބައިވެރިވެލައްވައިފިއެވެ. ކިޔެވުން ވަރަށް ފުރިހަމައެވެ. މާޝާ ﷲ

ޝަލަބީގެ ކިޔެވުމުގެ އަޑު އިވުމުން ހިތަށް ވަރަށް އުފާވެރިކަމާ ހިތްހަމޖެހުން ލިބިގެން ދިއައެވެ. ކުޑަ އިތުރު މަސައްކަތަކާއިއެކު ދުނިޔޭގެ ފެންވަރުގެ ކިޔެވުންތެރިއަކަށްވެގެން ހިނގައިދާނެ ކަމަށް އުންމީދުކުރެވބެއެވެ!

ޝަލަބީއެވެ! ކުރިއަށްވަޑައިގަންނަވާށެވެ! ކީރިތި ޤުރްޢާން މަތިވެރި ކުރުމުގެ މަސައްކަތުގައި ސާބިތުވެލައްވާށެވެ! ﷲ ތިބާއަށް ހާސް ނިޢްމަތް މިންވަރުކޮށްދެއްވަވާނެތެވެ! އިން ޝާ ﷲ

ޝަލަބީ އަކީ ކުރިންވެސް މުބާރާތްތަކުގައިވެސް ބައިވެރިވެލައްވާފައިވާ ބޭކަލެކެވެ. އެއިރުވެސް ޝަލަބީގެ ކިޔެވުން ވަރަށް ރީތިކަން ފާހަގަކުރެވެއެވެ. މިއަދުނޫހުގެ ކިޔުންތެރިއަކު ވިދާޅުވީ އެއިރުވެސް ޝަލަބީގެ ކިޔެވުން "ލޯބިން މަރުވާހައި" ރީތި ކަމަށެވެ.

މިއަދު އޮންލައިން