ގައުމީ ޝިޕިން ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ ފުރަތަމަ ބޯޓު ރާއްޖެ އަތުވެއްޖެއެވެ.
އެމްއެސްއެސް މި ބޯޓްގެ ނަމަކީ، އެމްވީ އައިބީރިއަން އެކްސްޕްރެސް އެވެ. ބޯޓަށް މަރުހަބާ ކިޔަން ވަނީ ފެނުގެ ސެލިއުޓެއް އަރުވައިފައެވެ.
މި ބޯޓު ރާއްޖެ އައީ ރާއްޖެއަށް ބޭނުންވާ ބޭހާއި ކާޑުގެ ބާވަތްތައް ހިފައިގެންނެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހު ރާއްޖެ އަންނަން ހަމަޖެހިފައި އޮތް ނަމަވެސް ފުރުން ލަސްވީ ކޮވިޑް19 ވައިރަހާއި ގުޅިގެން ދިމާވި ދަތިތަކުގެ ސަބަބުން ކަމަށް އެމްއެސްއެސް އިން ވަނީ ބުނެފައެވެ.
އެމްއެސްއެސް ގެ އޮފީސް ހުންނަނީ އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ތިންވަނަ ފްލޯގައެވެ.