ރާއްޖޭގެ ކަލަންޑަރުގައިވާ ގޮތުން ކުރިއަށް އޮތް ހޯމަ، އަނގާރަ ބުދަ 3 ދުވަހަކީ ޝަޢްބާން މަހުގެ 13، 14، 15 3 ދުވަހެވެ. އުއްމުލްޤްރާ ކަލަންޑަރުގައިވެސް ވަނީ ހަމަ އެފަދައިންނެވެ.
ވީމާ ކުރިއަށް އޮތް ހޯމަ، އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހު ރޯދަ ހިފައިފިނަމަ މަހުގެ 13،14،15 3 ދުވަހު ރޯދަ ހިފުމުގެ ސަވާބާއި ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ރޯދަ ހިފުމުގެ ސަވާބު ވެސް ލިބުނީއެވެ! އިން ޝާ ﷲ
ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ ޝަޢްބާން މަހަކީ ވީހައި ގިނައިން ރޯދަ ހިފަން އޮތް މަސް ކަމަށެވެ. އެހެންކަމުން ޝަޢްބާންމަހު އެމީހަކަށް ވީހައި ގިނައިން ރޯދަ ހިފުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
ކިޔުންތެރިން މި މެސެޖް ވީހައި ގިނަބައަކަށް ފޯރުކޮށްދެއްވާށެވެ! އެމީހަކު ދިން މައުލޫމާތެއް، ހިތްވަރެއް، ނުވަތަ ބާރު އެޅުން ފަދަ ކަމަކުން އެހެން މީހަކު އަޅުކަމެއް ކޮށްފިނަމަ އެކަމުގެ ސަވާބު، އަޅުކަން ކުރި މީހާއަށް އެއްވެސް އުނިކުރެއްވެވުމެއް ނެތި ވާގިވެރިވި މީހާއަށް ވެސް ދެއްވަވާނެތެވެ! އިން ޝާ ﷲ