އެއީ ގެންގުޅެން ވަރަށް އުނދަގޫވި ބަލި މީހެކެވެ. އޮކްސިޖަން ދޭން ޖެހެއެވެ. ނަމަވެސް އޭނާ ބުނަނީ މާސްކް އެޅުމުން ނޭވާ ހާސްވާ ކަމަށެވެ. އަދި އެއިވޭ އަޑުން ބޮލުގައި ރިއްސާ ކަމަށެވެ. އެހެންކަމުން އޭނާ އާއި ވާހަކަ ދައްކައި ކަންކަން ވިސްނައިދޭން ވަރަށް ގިނަ ވަގުތު އޭނާ އާއިއެކު ކޮންމެ ދުވަހަކުވެސް ހޭދަކުރަން ޖެހުނެވެ.
އެއް ދުވަހަކު ސުވާލުކުރިއެވެ. "ޑޮކްޓަރުއެވެ! އަހަރެން ދެން މަރުވާނީ ހެއްޔެވެ؟ ނޫނީ އަހަރެން ސަލާމްރަވާނެ ހެއްޔެވެ؟" ޖަވާބުގައި އަހަރެން ބުނީމެވެ.
"އެއްވެސް ބައްޔަކީ އެބަލީގެ ސަބަބުން އެއްވެސް މީހަކު މަރުވާނެ ކަމަށް ބުނެވޭނެ ބައްޔެއް ނޫންވެ! ބަލީގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ހުންނަ މީހުން އެބަ ގަދަވެއެވެ. ހަމައެއާއިއެކު ބަލީގެ އަސަރު މާ ކުޑަކޮށް ކުރާ މީހުން އެބަ މަރުވެއެވެ.
ވީމާ މަރުވުމާއި ދިރިހުރުމަކީ އެއްވެސް ބައްޔަކާއި ގުޅިފައިވާ ކަމެއް ނޫނެވެ! އެކަމުގެ ވަގުތު ވަނީ ލިޔުއްވަވައިފައެވެ. ވަގުތު ޖެހުމުން އެކަންވާނެއެވެ. އަދި ކިތަންމެ ނުރައްކާތެރި ބައްޔަކަށްވެސް އެއްވެސް މީހެއްގެ ފުރާނަ، އޭނާ މަރުވުމުގެ ވަގުތު ޖެހުމުގެ ކުރިން ނުގެންދެވޭނެއެވެ.
ވީމާ މަރުވެދާނެތީ އެއްވެސް ވަރަކަށް ކަންބޮޑުނުވާށެވެ! އެކަމަށް ނުވެސް ވިސްނާށެވެ! ޝިފާއަށް އެދި އާއި އީމާންކަންމަތީގައި މަރުގެންދެވުން އެދި ދުޢާ ކުރުން ގިނަކުރާށެވެ! އެއިރުން ކިތަންމެ އަވަހަށް ނުވަތަ ކިތަންމެ ދިގު އުމުރެއް ހޭދަކުރުމަށްފަހު މަރުވި ނަމަވެސް ތިބާ ވާނީ ﷲ ތަޢާލާގެ ރަހްމަތުގައެވެ! އިން ޝާ ﷲ"
އަހަރެންގެ ވާހަކަކޮޅު ނިންމައިލުމުން ތެދުވިއެވެ. އަހަރެމްގެ އަތަށް ކިނބިއްސެއް ވެސް އެޅުނެވެ. އަހރެން އޭނާއަށް ޓަކައި ހެޔޮ ދުޢާކުރީމެވެ. ޖަވާބުގައި އޭނާ ބުންޏެވެ. "ޑޮކްޓަރުއެވެ! ކތަންމެ އަވަހަކަށް ﷲ ގެ ޙަޟްރަތަށް އަހަރެންގެ ފުރާނަ ގެންދެވި ނަމަވެސް ޑޮކްޓަރާއި މިތަނުގަ މިޚިދުމަތްކުރާ ނަރުހުންގެ އޯގާތެރިކަމުގެ ވާހަކަ ﷲ އަށް ދަންނަވާނަމެވެ!"
އެހާލަތުގައިވެސް ދެމީހުން އެކަކު އަނެކަކަށް ބައްދައިލެވެން ނުވަތަ އޮޅުލައިގަނެވެން އުޅުނެވެ. ނަމަވެސް އިމަރޖެންސީ ކޯލަކަށް ޖެހުނީ ބޭރަށް ނުކުންނާށެވެ! ނުކުތް ގޮތަށް ޖެހުނީ އެހެން ސިޓީއަކަށް ފުރާށެވެ! އެބަލި މީހާގެ މައުލޫމާތު ފަހުން ވަނީ ނުހޯދިފައެވެ.
(ޕާކިސްތާނުގަ ޚިދުމަތްކުރާ ޑޮކްޓަރެއްގެ ޑައިރީން)