ޤަވާއިދާ ޚިލާފަށް ތިބި ބިދޭސީންގެ ބަލަދު ދިވެހި ސަރުކާރަށް ހަމަ އަރައި ބަލަދާ ޙަވާލުވެ ނިމުނީތާ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ޤަވާއިދާ ޚިލާފަށް ތިބި ބިދޭސީންގެ ބަލަދު ދިވެހި ސަރުކާރަށް ހަމަ އަރައި ބަލަދާ ޙަވާލުވެ ނިމުނީތާ!

ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް ތިބި ކަމަށް ބެލެވޭ ލައްކައެއްހައި ބިދޭސީންގެ ބަލަދު ދިވެހި ސަރުކާރަށް އަރައި އަދި ބަލަދުވެރިކަމާއި ހަވާލުވެ ވެސް ނިމިއްޖެ ކަމަށް ބެލެވެއެވެ! 

1 ފުރަތަމަ ސަބަބު:

ޤަވާއިދާ ޚިލާފަށް ތިބި މީހުންގެ ތަފްޞީލު 2 އަހަރުން ބަލައި ނުނިމުނުއިރު އަމިއްލައަށް ނަން ނޯޓު ކުރި މީހުން އަނބުރާ ފޮނުވުމުގެ ބާރު ދިވެހި ސަރުކާރުގަ ނެތިގެން އަލުން ނަން ނޯޓުކުރަ ހުލުވާލުން 

2 އެމީހުން އަނބުރާ ފޮނުވާއިރު އެއިގެ ތެރެއިން ބަންގްލަދޭޝް ސަރުކާރުން ބަލައިގަންނަނީ ކިތައް މީހުންތޯ ވެސް ދިވެހި ސަރުކާރަށް ބަލަން ޖެހުން! 

3 ޤަވާއިދާއި ޚިލާފަށްއުޅޭ ބިދޭސީން ވިސާ ނުދައްކައި މާލެ ހިމެނޭ ގޮތަށް ބޭނުން ރަށެއްގައި ބޭނުން މަސައްކަތެއް ކުރުމުގެ ހުއްދަ އާ ބޭނުންވަރަކަށް އާމްދަނީ ހޯދައި ބަންގާޅަށް ފޮނުވުމުގެ ފުރުޞަތު ސަރުކާރުން ދީފައި އޮތުން! 

ހަމައެކަނި މި 3 ސަބަބަށް ބެލި ނަމަވެސް ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރަމުން ގެންދާ ބިދޭސީންގެ މައްސަލަ ޙައްލު ކުރެވޭނެ އެއްވެސް ވަރެއްގެ ކޮޅުމައްޗެއް އަދި މިހައިތަނަށް ފެނިފައި ނެތް ކަމާއި ހަމަ އެކަނި ކުރާ ކަމަކީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުންކަން ގިނަ ބައަކު ފާހަގަކުރެއެވެ! 

ހަމަ އެއާއިއެކު ރާއްޖޭގައި އިމިގްރޭޝަންގެ ޤަވާއިދުތަކާއި ޤާނޫނުތަކާއި ޚިލާފަށް އުޅޭ ބައަކު އަނބުރާ ޤައުމަށް ފޮނުވުމުގެ ބާރު ދިވެހި ސަރުކާރަށް ނެތުމުން އެމީހުންގެ ރުހުން ހޯދަން ޖެހޭއިރު ދިވެހި ރައްޔިތުންގެ ހުއްދަ ނުނަގައި ޖަލުގައި ބަންދުކޮށްފައި އެތައް ސަތޭކަ ދިވެހި ރައްޔިތުން ބައިތިއްބަނީ ކީއްވެގެން ކަމާއިމެދު ވެސް ސުވާލު އުފެދެއެވެ.

 

މިއަދު އޮންލައިން