މެލޭޝިޔާގައި ތިބި ދިވެހި އާއިލާތަކަށް ބޭނުންވާ ތަކެތި ހިލޭ ފޮނުވޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިދީފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 57ސ
މެލޭޝިޔާގައި ތިބި ދިވެހި އާއިލާތަކަށް ބޭނުންވާ ތަކެތި ހިލޭ ފޮނުވޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިދީފި!

ކޮރޯނާވައިރަސް ނުވަތަ ކޮވިޑް19 އާ ގުޅިގެން މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއް ތަކެތި ފޮނުވޭނެ އިންތިޒާމް ހަމަޖައްސައިދީފިއެވެ.

ފޮރިން މިނިސްޓްރީން މިރޭ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް19 އާ ގުޅިގެން މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއް ތަކެތި ހޯދުމުގައި ދަތިތައް ކުރިމަތި ވެފައިވާތީ މިފަދަ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މާދަމާ ދިވެހިން ބަލާ މެލޭޝިޔާއަށް ދިއުމަށް ހަމަޖެހިފައިވާއިރު  މޯލްޑިވިއަންގެ ފްލައިޓުން ދިވެހި އާއިލާތަކަށް ބޭނުންވާ ތަކެތި ހިލޭ ފޮނުވައިދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ތަކެތި ފޮނުވަން ބޭނުންވާ ފަރާތްތަކުން ފޮރިން މިނިސްޓްރީގެ ވެބްސައިޓްގައިވާ ފޯމް ހުށައެޅުމަށް އެދިފައިވާއިރު މިފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ އެކަމަށް އެދޭ 500 ފަރާތަށް ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮންމެ އާއިލާއަކަށް 15 ކިލޯގެ ތަކެތި ފޮނުވޭއިރު ފޮރިން މިނިސްޓްރީން ފުރުސަތުދޭ އާއިލާތަކުން ތަކެތި ގެންދާނީ މާދަމާ ހެނދުނު 08:00 ފެށިިގެން ހަވީރު 16:00 ހަމައަށް ވީއައިއޭގެ ޑިޕާޗާ ހޯލް ކައިރީގައި ބެހެއްޓިފައިވާ ހާއްސަ ކައުންޓަރުތަކަށެވެ. 

މިއަދު އޮންލައިން