ސިޕީ ހަމީދު! ފުލުހުންގެ ޚިދުމަތުގަ ފަންސަވީސް އަހަރު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ސިޕީ ހަމީދު! ފުލުހުންގެ ޚިދުމަތުގަ ފަންސަވީސް އަހަރު!

މިއަދަކީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު\، ފުލުހުންގެ ޚިދުމަތާއި ގުޅިވަޑައިގެންވިތާ 25 އަހަރު ފުރޭ ދުވަހެވެ.

ސިޕީ ހަމީދު ވިދާޅުވެފައިވަނީ ފާއިތުވި 25 އަހަރު ތެރޭގައި ފުލުހުންގެ ޚިދުމަތަސް ބަދަލު ގެނެސް ކުރިއަރުވަން ކުރެވިފައިވާ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގެންނެވުނީތީ އުފާ ކުރައްވާ ކަމަށެވެ. އަދި މި ދިގު މުއްދަތުގައި އެކި ގޮތް ގޮތުން އޭނާއަށް އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.

ފުލުހުންގެ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރަން ކުރަން ޖެހޭ މަސައްކަތްތައް ވަރަށް ގިނަކަން ފާހަގަ ކުރައްވައި ސީޕީ ޙަމީދު ވިދާޅުވީ ރައްޔިތުން ފަޚުރުވެރިވާ ފަދަ މުއައްސަސާއަކަށް ދިވެހި ފުލުހުންގެ މުއައްސަސާ ހައްދަވަން ކުރައްވަން ޖެހިވަޑައިގަންނަވާ މަސައްކަތްތައް ކުރައްވަމުން ގެންދަވާނެ ކަމަށެވެ.

މިއަދު އޮންލައިން