ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމުގައި ހުންނަވަނިކޮށް އަވަހާރަވެފައިވާ އަހްމަދު ނުޢްމާނެގެ މައްޗަށް ކަށުނަމާދުކުރަން ހަމަޖެހިފައިވަނީ މިއަދުގެ މެންދުރު ނަމާދަށްފަހު ބެންގަލޫރުގެ "ޚުއްދޫސް ޞާޙިބް ސެމެޓްރީ" ގައެވެ.
މިއަދުގެ ޙާލަތު ހުރި ގޮތުގައި ކަށުނަމާދުގައި ބައިވެރިވެވަޑައި ނުގެންނެވޭ ބާފުޅުންވެސް ނުޢްމާންއަށްޓަކައި ހެޔޮ ދުޢާކޮށްދެއްވާށެވެ! ހަމަ ޔަޤީނުން އޭނާއަކީ އީޔޫގެ ބޮޑު ވަފުދުގެ ކުރިމަތީގައި ރާއްޖޭގެ ރައްޔިތުން އިސްލާމް ދީން ނޫން އެހެން ދީނަކަށް ރާއްޖޭގައި ފުރުޞަތު ނުދޭނެކަން ބަޔާންކުރައްވަން ކުރިވަދައިގެްނނެވި ހިތްވަރު ގަދަ ދިވެހި ބަޠޮލެވެ.
މަރްޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢްމަތް މިންވަރުކުރައްވަވާށި! ޢާއިލާޢަށް ކެތްތެރިކަން މިންވަރު ކުރައްވަވާށި! އާމީން