އުފަންވެލި ފިހާރައިން ފިޔާ ބަސްތާ ގަތީމަ ކިލޯއެއް ދިހަ ރުފިޔާއަށް! މިބަލަނީ ފައިދާއަކަށް ނޫން, ރައްޔިތުންނަށް ޚިދުމަތެއް ކޮށްދެވޭތޯ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
އުފަންވެލި ފިހާރައިން ފިޔާ ބަސްތާ ގަތީމަ ކިލޯއެއް ދިހަ ރުފިޔާއަށް! މިބަލަނީ ފައިދާއަކަށް ނޫން, ރައްޔިތުންނަށް ޚިދުމަތެއް ކޮށްދެވޭތޯ!

ބާޒާރުގައި ފިޔާ ބަސްތާއެއް 500 ރުފިޔާއަށް އަރައިގެންދިއައިރުވެސް އުފަންވެލި ފިހާރައިން އެސްޓީއޯއަށާއި އެނޫންވެސް ކަސްޓަމަރުންނަށް ހޯލްސޭލްކޮށް ފިޔާ ވިއްކާފައިވަނީ ކިލޯއެއް 10 ރުފިޔާގެ ރޭޓުންނެވެ. ރީޓޭލްކޮށް 12 ރުފިޔާގެ ރޭޓުންނެވެ. 

"އަޅުގަނޑުމެން މިހާރުވެސް ޕާކިސްތާނު ފިޔާ ވިއްކަނީ ހަމަ އެއަގަށް- ހޯލްށޭލްކޮށް 10 ރުފިޔާއަށް! ވަކިން 12 ރުފިޔާއަށް ކިލޯއެއް. އަޅުގަނޑުމެން މިވިއްކާ ޕާކިސްތާނު ފިޔާއަކީ ވަރަށް ފެންވަރު ރަނގަޅު އުފެއްދުމެއް، ތަޖުރިބާކޮށް އިތުބާރު ލިބިފައިވާ އުފެއްދުމެއް. އިންޑިއާ ފިޔާ މިވިއްކަނީ ވަކިން 15 ރުފިޔާއަށް ކިލޯއެއް! ހޯލްސޭލްކޮށް 12 ރުފިޔާގެ ރޭޓުން ބަސްތާ މިދޫކުރަނީ 300 ރުފިޔާއަށް" އުފަންވެލި ފިހާރަތައް ހިންގާ މަޑިހާ ކޮމްޕެނީގެ ޗެއާމަން މޫސާ އަޙްމަދު ވިދާޅުވިއެވެ. 

"ރައްޔިތުންގެ އަތްމަތި ދަތިވެފައިވާ މިޙާލަތުގައި އަޅުގަނޑު މިބަލަނީ ފައިދާ ހޯދާކަށް ނޫން. ވިއްކެން އޮތް އެންމެ ހެޔޮ އަގެއްގަ ވިއްކަން. އަޅުގަނޑު ކުރި މަސައްކަތުން މިއަދާއި ހަމައަށް އަޅުގަނޑަށް ﷲ ދެއްވެވި މިންވަރަށް އަޅުގަނޑު ޝުކުރުވެރިވަން އިންތިހާއަށް!" މޫސަ ވިދާޅުވިއެވެ.  

މޫސަ ވިދާޅުވީ ވަރަށް ބޮޑެތި އިތުރު ދަތިތަކެއް ކުރިމަތި ނުވާނަމަ ރަމަޟާން މަހުގެ ނިޔަޔަލަށް ތަކެއްޗަށް ދަތި ނުވެ ވިއްކޭވަރަށް މިހާރުވެސް އަތުގައި މުދައު އެބަހުރި ކަމަށެވެ. އަދި މިމަހު 13 ހައިތަނުގައި އިތުރު ޝިޕްމަންޓްތައް ބަރުކުރަން ވެސް ފަށާނެ ކަމަށެވެ. 

"އަޅުގަނޑު ވަރަށް ބޮޑަށް ސަމާލުކަން ދެން ރާއްޖެތެރެއަށް! ވަރަށް ގިނަ ރަށްރަށުގައި މިފިހާރައިގެ އެޖެންޓުން މިހާރުވެސް ތިބޭނެ. އަދި އިތުރު ވިޔަފާރިންވެސް އެދެންވީ. އަޅުގަނޑުމެންނާއިއެކު ރަޖިސްޓްރީވީމާ އެފަރާތަކަށް އެއްވެސް ގުދަނަކަށް ދާކަށް ނުޖެހޭނެ. މާލެ އަންނާކަށްވެސް ނުޖެހޭނެ. އޯޑަރު ކުރީމާ އުޅަނދަށް ގެންގޮސްދޭނަން." 

މޫސަ ވިދާޅުވީ ތަރުކާރީ އާއި މޭވާގެ އެކަށީގެންވާ ސްޓޮކެއް މިހާރުވެސް އެބަހުރި ކަމަށާއި އެއާފްރެއިޓްކޮށް ވެސް ގެންނަ ކަމަށެވެ. "މިޖެހުނު ކަންތަކާ ހުރެ އެއާ ފްރެއިޓްވެސް ވަރަށް ބޮޑުތަނުން އަގު ބޮޑުކޮށްފި. ކަނޑުމަގުން ގެންނަ ކޮންޓޭނަރަކުން 30 ޑޮލަރު މިހާރުވެސް ބޮޑުކޮށްފި. އެހެންކަމާއިއެކުވެސް މިހާރުވެސް ވިއްކަމުން މިގެންދަނީ ހަމަ ކުރިން ވެސް ވިއްކި އަގުތަކަށް. މިޙާލަތުގަ ރައްޔިތުންނަށް ޚިދުމަތެއްގެ ގޮތުން މިކަން މިކުރަނީ." މޫސަ ވިދާޅުވިއެވެ. 

"މިހާރުވެސް ލަންކާއިން އެތެރެކޮށްފަ ހުރި ބަޓާނާ (ކުދި ބަރަބޯ( ކިލޯއެއް ހޯލްސޭލް މިކުރަނީ 24 ރުފިޔާއަށް. ރީޓޭލް މިކުރަނީ 28 ރުފިޔާއަށް. ވީހައި ހެޔޮ އަގުގައި ހުރިހާ ބާވަތެއް ވިއްކަންވެސް މަސައްކަތްކުރާނަން!" 

މޫސަ ވިދާޅުވީ ފިޔާ، އަލުވި، 2 ކުލައިގެ ކުކުޅު ބިސް (ހުދު/ ރަތް) ތަރުކާރީގެ ބާވަތްތައް، މޭވާގެ ބާވަތްތައް ރޯދަ މަހު ވެސް އަދި ރޯދައިގެ ފަހުންވެސް އަގު އުފުލުނަ ނުދިނުމަށް ކުރެއްވެން ހުރި ހުރިހާ ކަންކަމެއް ކުރައްވަމުން ގެންދަވާނެ ކަމަށެވެ!  

އުފަންވެލި ފިހާރަ މާލެ: 3328883

އުފަންވެލި ފިހާރަ ހުޅުމާލެ: 3358883

 

 

 

މިއަދު އޮންލައިން