"ބައެއްގެ ތެރޭގަ ފާހިޝް ޢަމަލުތައް ކުރުން ޢާންމުވެއްޖެ ނަމަ މަރު އިތުރުވެދެއެވެ!" ޙަދީޘްފުޅުގެ ތެދުކަން ކޮރޯނާ ދައްކައިދީފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
"ބައެއްގެ ތެރޭގަ ފާހިޝް ޢަމަލުތައް ކުރުން ޢާންމުވެއްޖެ ނަމަ މަރު އިތުރުވެދެއެވެ!" ޙަދީޘްފުޅުގެ ތެދުކަން ކޮރޯނާ ދައްކައިދީފި!

"ބައެއްގެ ތެރޭގަ ފާހިޝް ޢަމަލުތައް ކުރުން ޢާންމުވެއްޖެ ނަމަ މަރު އިތުރުވެދެއެވެ!" (ޞަޙީޙުއްތަރްޣީބް 3005) -- ޝައިޚް މުޙައްމަދު ޝާފިޢު

ޝައިޚް މުޙައްމަދު ޝާފިޢު މިޙަދީޘްފުޅު ހަނދާންކޮށްދެއްވަވާފައި މިވަނީ ވަރަށް ޚާއްޞަ ވަގުތެއްގައެވެ. އެހެނީ މިހާރު މުޅި ދުނިޔެއަށް ވަބާއަކަށްވެފައިވާ ކޮރޯނާ ވައިރަސް އިން ވެސް މިހަދީޘްފުޅު ތެދުކަމުގެ ދަލީލުތައް ދަނީ ފެނި ހާމަވަމުންނެވެ. 

ކޮރޯނާ ވައިރަސް ޖެހިގެން މިހައިތަނަށް މަރުވި މީހުންގެ ރެކޯޑްތަކަށް މިވަގުތާއި ހަމައަށް ބައްލަވާށެވެ. ބަލިޖެހިގެން ކުރު މުއްދަތެއްގައި އެންމެ ގިނަ ބައަކު މަރުވެފައިވަނީ އެމެރިކާގައެވެ. އެމެރިކާގައި 18,761 މީހުން މަރުވެފައިވާއިރު ދުނިޔޭގައި އުފައްދާ ބަރަހަނާ ފިލްމްތަކުގެ 90 އިންސައްތަ އުފައްދަނީ އެމެރިކާގައެވެ. ފާހިޝް އަމަލުކުރުން އެންމެ ގިނަ ޤައުމަކީ އެމެރިކާއެވެ. 

މަރުވި މީހުގެ އަދަދު އެމެރިކާ މިވަގުތު 2 ވަނައަށް އޮތް ނަމަވެސް އަދި މިފެންނަ ގޮތުން އެންމެ ގިނަ ބައަކު މަރުވާނީ އެމެރިކާގައެވެ. މިއަދުވެސް 1 ވަނަ އެމެރިކާއަށް ލިބުން ކައިރިއެވެ. އެއް ދުވަހާ 2000 މީހުން މަރުވެ އެންމެ ގިނަ ބައަކު އެއް ދުވަހާ މަރުވުމުގެ ރެކޯޑް މިހާރުވެސް ވަނީ އެމެރިކާއަށް ލިބިފައެވެ. 

ދުނިޔޭގެ ނިޞްބަތުން އެންމެ ގިނަ މީހުން މަރުވެފައިވަނީ 18,849 މީހުން މަރުވި އިޓަލީގައެވެ. 3 ވަނައަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ 16,353 މީހުން މަރުވި ސްޕޭންގައެވެ. 4 ވަނައަށް އެންމެ ގިނަ މީހުން މަރުވެފައިވާ ޤައުމަކީ 13,197 މީހުން މަރުވި ފްރާންސެވެ! 

މިއިން ކޮންމެ ޤައުމަކީވެސް ފައިސާވެރިކަމާއި ޞިއްޙީ ދާއިރާއިން އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައިވާ ޤައުމެކެވެ. ހަމައެއާއިއެކު ފާހިޝް އަމަލުތައް ކުރުމުގެ ލިސްޓުގެ ވެސް އެންމެ ކުރީގައިވެސްވާ ޤައުމުތަކެވެ. 

ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް ފާހިޝް އަމަލުތައް ކުރެއެވެ.  ދިވެހިރާއްޖެވެސް ވަނީ އެކަމުގައި ހައްދުފަހަނައަޅައިފައެވެ. ފާއިތުވި 30 ވަރަކަށް އަހަރު ރާއްޖެ ވަނީ އެކަމުގެ ހުރިހާ ދޮރުތަކެއް ވަރަށް ބޮޑަށް ހުޅުވާލައިފައެވެ. އެކަމުގެ ނޭދެވޭ އަސަރު މުޖުތމައުން މިދަނީ ވަރަށް ބޮޑަށް ފެންނަމުންނެވެ. ކިރިޔާވެސް ސަލާމަތްކަމުގައި ރާއްޖެ މިވަނީ ފާފަކުރާ މީހުންގެ އަދަދަށްވުރެ ނުކުރާ މީހުންގެ އަދަދު އަދިވެސް ގިނަވުމުންކަމަށް ޤަބޫލުކުރެވެއެވެ. 

މާތް ﷲ ކަންކަން މިންވަރު ކުރައްވަވަނީ، މުޞީބާތްތައް ކުރިމަތިކުރައްވަވަނީ އެކަމަކުން މީސްތަކުންނަށް އެންމެ ބޮޑަށް ޢިބްރަތް ޙާޞިލުކުރެވޭނެ ގޮތަށެވެ! 

މިއަދު އޮންލައިން