"ހައިކަމުގެ އަހަރު" މިޞުރާ އަންދަލުސްގެ މިސްކިތްތައް ތަޅުލެވި މިސްކިތުގަ ނަމާދުކުރާނެ މީހަކު ނެތިދިއަ!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
"ހައިކަމުގެ އަހަރު" މިޞުރާ އަންދަލުސްގެ މިސްކިތްތައް ތަޅުލެވި މިސްކިތުގަ ނަމާދުކުރާނެ މީހަކު ނެތިދިއަ!: ޑރ. އިޔާޟް

އިމާމް ޛަހަބީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. 

"ކުރިން އެފަދަ ކަމެއް ޖެހިފައި ނުވާފަދަ ތަދުމަޑުކަމެއް ހިޖުރައިން 448 ވަނަ އަހަރު މިޞުރާއި އަންދަލުސްގައި ކުރިމަތިވިއެވެ. ބޮޑުވަބާއެއް ފެތުރިގެން ދިއައެވެ. މިކަމުގެ ސަބަބުން މިސްކިތްތައް ތަޅުލެވި އެތަނުގައި ނަމާދުކުރާނެ މީހަކު ނެތިދިއައެވެ. އެއަހަރަށް ނަންދެވިފައިވަނީ "ހައިކަމުގެ އަހަރު"ގެ ގޮތުގައެވެ.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

އިސްލާމީ އުންމަތުގެ ބައެއް ޤައުމުތަކުގައި މިސްކިތްތައް މިވަނީ މިވަގުތު ތަޅުލެވި ނަމާދު ނުކުރެވޭ ޙާލަތުގައެވެ. މާތް ﷲ ވާގިފުޅާއިއެކު މާލެ ސިޓީ ފިޔަވައި ރާއްޖޭގެ މިސްކިތްތަކުގައި އަދި ދަނީ ޖަމާޢަތުގައި ނަމާދުކުރެވެމުންނެވެ. މާލެ ސިޓީގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ނުކުރެވުނު ނަމަވެސް މީހުން ގެންދަނީ ވަކިވަކިން ނަމާދުކުރަމުންނެވެ! 

ރާއްޖޭގެ މިސްކިތްތައް އެކުގައި ތަޅުލެވުމަށް އިރާދަނުކުރައްވަވާށި! މާލެ ސިޓީގައި ވެސް ޖަމާޢަތުގައި ނަމާދު ކުރުމަށް އިރާދަކުރައްވަވާށި! އާމީން

މިއަދު އޮންލައިން