އަހަރުތަކަކަށްފަހު މާވެޔޮ މިސްކިތް އަލުން ހުޅުވަން އުޅޭ މަންޒަރު ފެންނަން ފަށައިފިއެވެ.

ސަރަހައްދުގައި ދިރިއުޅޭ މީހަކު ބުނީ މިސްކިތް ފެންނަނީ ވަރަށް ފުރިހަމަކޮށް ކަމަށާއި މިސްކިތް އަވަހަށް ހުޅުވުމަކީ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ނަމާދުކުރަން ވަރަށް ބޮޑު ފަސޭހަކަމެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.
މިމަހުގެ 17 ވަނަ ދުވަހު މިސްކިތް ހުޅުވާނެކަމަށް ވަނީ ބުނެފައެވެ.