މުސްލިމުން ވަޅުލާ ސަހަރާއެއްގަ އެހެން ދީންތަކުގެ މީހުން ވަޅުލުން ހުއްދައެއް ނޫން!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
މުސްލިމުން ވަޅުލާ ސަހަރާއެއްގަ އެހެން ދީންތަކުގެ މީހުން ވަޅުލުން ހުއްދައެއް ނޫން!: ޑރ. އިޔާޟް

މުސްލިމުން ވަޅުލާ ނުވަތަ ވަލުލާފައިވާ ސަހަރާއެއްގައި އެހެން ދީންތަކުގެ މީހުން ވަޅުލުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ. 

ޑރ. އިޔާޟް މިމޭރުމުން ވިދާޅުވީ ހެންވޭރު ސަހަރާގަ މިއަދު ހިންދޫ ދީނުގެ މީހަކު ވަޅުލުމާއި ގުޅިގެން މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. 

މިއަދުނޫހަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހޯދި މައުލޫމާތުން އެނގުނު ގޮތުގައި ދިވެހިން ވަޅުލާފައިވާ ހެންވޭރު ސަހަރާގެ ކަނެއްގައި އެހެން ދީންތަކުގެ މީހުން ވަޅުލަމުން ގެންދާތާ އެތައް އަހަރެއް ވެއްޖެއެވެ. މަތިމައްޗަށް ފަސް އަޅައިގެންވެސް ވަނީ ވަޅުލައިފައެވެ. އަދި މިހާރު ވަނީ ފަސްއެޅި ސަރަހައްދުވެސް ފުރިފައެވެ. 

ކިތަންމެ މަދުން ނަމަވެސް ރާއްޖޭގައި އެހެން ދީންތަކުގެ މީހުން ވެސް ވަޅުލަން ޖެހޭއިރު މިއީ ޙައްލުކުރަންޖެހިފައިވާ ކަމެއް ކަމަށް ބެލެވެއެވެ. އެގޮތުން މުސްލިމުން ވަޅުލާ ސަހަރާއެއް ނޫން ތަނެއްގައި އެމީހުން ވަޅުލެވޭނެ އިންތިޒާމުތައް ހަމަޖައްސަން ޖެހެއެވެ. އެގޮތުން ހުޅުމާލެއިން ނަމަވެސް އެހެން ރަށަކުން ނަމަވެސް އެކަމަށް ޚާއްޞަ ޤަބުރުސްތާނެއް ހަމަޖެއްސުމުގެ މުހިންމުކަމާއި ހުޅުމާލޭ ސަހަރާގައި ކަނެއް ހަމަޖެއްސި ނަމަވެސް ދާދި އަވަހަށް އެ ސަހަރާވެސް ފުރި ދެބައި ގުޅިގެންދާނެއިރު ޙައްލަކީ ވަކިން އެކަން ކުރެވޭނެ ގޮތް ހަމަޖެއްސުންކަން ފާހަގަކުރެވެއެވެ. 

މިއަދު އޮންލައިން