ﷲ އަށް ބިރުވެތިވާ އަނބިން ހޯދުމުގެ ފައިދާ މިއަދު އިޙްޞާޞް ކުރެވޭނެ! އެންމެ އުފަލުގަ ތިބީ އެފަދަ އަނބިންގެ ފިރިން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 33ސ
ﷲ އަށް ބިރުވެތިވާ އަނބިން ހޯދުމުގެ ފައިދާ މިއަދު އިޙްޞާޞް ކުރެވޭނެ! އެންމެ އުފަލުގަ ތިބީ އެފަދަ އަނބިންގެ ފިރިން!

ފަށަމުންވެސް ބުނަމެވެ. މި ދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާށެވެ! ހޯދަން ޖެހޭނީ ﷲ އަށް ބިރުވެތިވާ ފިރިން ނޫން ކަމުގެ ވާހަކައެއް ނޫނެވެ. އަންތބަކު ކަމުގައި ވެސް އަދި ފިރިއަކު ކަމުގައިވެސް އިޚްތިޔާރުކުރަން ޖެހޭނީ ﷲ ތަޢާލާ އަށް ބިރުވެތިވާ ތަޤްވާވެރިންނެވެ. މިރޭ ބަހެއް ބުނެލަން މަސައްކަތް މިކުރަނީ ﷲ ތަޢާލާ އަށް ބިރުވެތިވާ އަނބިން ހޯދުމުގެ ފައިދާ މިއަދު އިޙްޞާޞް ކުރެވޭނެ ކަމުގެ ވާހަކައެވެ. އެންމެ އުފަލުގަ ތިބީ އެފަދަ އަނބިންގެ ފިރިން ކަމުގެ ވާހަކައެވެ.

ކޮރޯނާއެވެ ކިޔާ ކުޑަކުޑަ ސޫފި، ބެލެވޭ ގޮތުން ﷲ ތައާލާ އުފެއްދެވި މަޚްލޫޤުންތަކުގެ ތެރެއިން ދުނިޔޭގައި ލެއްވެވި އެންމެ ކުޑަ މަޚްލޫޤުން ތެރޭ ހިމެނޭ މަޚްލޫޤަކު މިވަނީ މުޅި ދުނިޔޭގެ ވެރިކަމާ ޙަވާލުވެފައެވެ. މިއަދު ކޮންމެ ޤައުމަކަށް ވެސް ކުރަންޖެހޭ އެންމެ ބޮޑު ކަމަކީ އެ ކުޑަކުޑަ މަޚްލޫޤްގެ ފަހަތުން ދުވުމެވެ. އޮފީހުގެ ބޮޑު ގޮނޑިއަކުވެސް ނުއިނދެވެއެވެ.

އަހަރެންގެ ރައްޓެއްސަކު ބުނީ އަނބި ދަރިންނާއިއެކު ގޭގައި ތިބި ނަމަވެސް ޤައުމުތަކުގެ ވެރިންގެ ސިކުނޑިތަކަށް ކޮރޯނާ ވެރިވެގެންފައިވާ ވަރުން ގާތުގައި ތިބޭ އަނބިދަރިންވެސް ލޮލަލަށް ފެންނަ ކަމަށް ނުވާ ކަމަށެވެ. ކޮންމެ އަކަސް ބުނަން މިއުޅޭ ވާހަކައަކީ މި ނުރައްކައުތެރި އަދި ކަންބޮޑުވާންޖެހޭ ޙާލަތުގައި މިހާރުވެސް ދުނިޔޭގެ އާބާދީގެ އެތައް ހާސް މިލިއަން ބައަކަށް މާލީ ދަތިތައް ކުރިމަތިވެފައިވާ ވާހަކައެވެ.

ﷲ ތައާލާއަށް ބިރުވެތިވާ ދީންވެރި ތަޤްވާރި އަނބިން އެތިބީ ﷲގެ މިންވަރުފުޅަށް ކެތްތެރިވެ ޝުކުރުވެރިގެންނެވެ. ކައިލާނެ ހުސް ރޮށްޓެއް ލިބުނު ނަމަވެސް އެތިބީ އުފަލުންނެވެ. ފިރިމީހާ އާއި އެއްވެސް ޝަކުވާއެއް ނުކުރެވެއެވެ. މިހާލަތު ކުރިމަތިވެގެން މިއުޅެނީ ފިރިމީހާގެ ސަބަބުން ނޫން ކަމާއި ދުނިޔޭގައިވެސް ލިބޭނީ ﷲ ދެއްވެވި އެއްޗެއް ދެއްވެވި ދުވަހަކު ދެއްވެވި މިންވަރަކަށްކަން ޤަބޫލުކޮށް ޝުކުރުވެރިވެގެން ތިބީއެވެ.

އެއިގެ ބަދަލުގައި އަނެއްކޮޅު އެނގޭ ހެއްޔެވެ؟ އަގުބޮޑު ކާނާއަށް އޯޑަރުކުރާނެ ފައިސާ ހުސްވުމުން މިހާރު ވެސް ދުއްވަން ގެންގުޅޭ އަގުބޮޑު ކާރުވެސް ނުއަގުގައި ވިއްކަން ފަށައިފިއެވެ. އެފަދަ އަނބިން އެންމެފަސޭހައިން ބުނާނީ މިވެނި ދަރިއަކު އެހުންނަނީ މިވެނި އެއްޗެއް ނުލިބިގެން ނުވެސް ކައި ކަމަށެވެ. ދެން އެކަމާ ފިރިމީހާ ދެރަވެ ކާރު ވިއްކާލައިގެންވެސް އެކަން ކުރަންވީއެވެ.

މިފަދަ މުޞީބާތެއް ކުރިމަތިވި ޒުވާން ފިރިހެނަކު ބުނީ އަނބިމީހާ އެދޭ ކަންކަން ކޮށް ނުދެވުމުން "އައިވިލް ކޯލް މައި އެކްސް" (ކުރިން ގުޅިގެން އުލުނު މީހާ އާ ގުޅާނަން) ކަމަށް ބުނުމުން ދެން އެއްވެސް ކަމަކު ނޭދެވޭނެ ގޮތަށް ވާނީ "އެކްސް" ކޮށްލާފައި ކަމަށެވެ. "އަހަރެން ކުރި ކަމަކީ ގޭގެ ކޯޓު ޔާޑުގަ މަސައްކަތްކުރަން ގެން ގުޅޭ ކޯރާޑި ގެނެސް ދައްކާފަ ބުނީ އަވަހަށް އެކްސް އަށް ގުޅާފަ ބަލާ އަންނަން ބުނާށޭ! މިއެކްސް އިން ކައިވެނި މި އެކްސްކޮށްލީއޭ. ގަސްކަނޑާފަދައިން ކައިވެނި ކަނޑައި ވައްޓައިލީއޭ. ވެރިކުރީއޭ!"

މީސްތަކުންނޭވެ! ދުނިޔޭގެ ކަންކޮޅުތަކުގައި ކޮންމެ ދުވަހަކު މިފަދަ އެތައް ކަމެއް ދާނީ ހިނގަމުންނެވެ. މުސްލިމުން އުފާކުރަން ޖެހޭނެ ކަންތަކާއި ހިތާމަކުރަން ޖެހޭނެ ކަންކަމެވެ. ހުރިހާ ވެސް ހިތާމައަކީ ހިތާމަކުރަން ޖެހޭ ކަންކަން އިތުރުވަމުން އަންނަ ކަމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސް

މިއަދު އޮންލައިން