ނަމާދުކުރަން އިންކާރުކުރާނަމަ ކައިވެނި އޮޓޮމެޓިކުން ރޫޅޭނެ! ނަމަވެސް ގޮތް ނިންމަން ޖެހޭނީ ޝަރީޢަތުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
ނަމާދުކުރަން އިންކާރުކުރާނަމަ ކައިވެނި އޮޓޮމެޓިކުން ރޫޅޭނެ! ނަމަވެސް ގޮތް ނިންމަން ޖެހޭނީ ޝަރީޢަތުން!

ނަމާދުކުރުމަށް ދެމަފިރިންވެސް އެކަކު އަނެކަކަށް ހިތްވަރުދޭންވާނެއެވެ. ވާގިވެރިވާން ވާނެއެވެ. އަނިބިމީހާ ފިރިމީހާއަށް ވާގިވެރިވާން ވާނެއެވެ. ފިރިމީހާ އަނބިމީހާއަށް ވާގިވެރިވާން ވާނެއެވެ. 

މިއީ ކެތްތެރިވާން ވެސް ޖެހޭ ކަމެކެވެ. ނަމާދުކުރުމުގެ އާދަ ހިފިފައި ނެތް މީހަކަށް ކުއްލިއަކަށް ނަމާދުކުރަން ފެށުމަކީ އެހައި ފަސޭހަކަމަކަށްވެސް ނުވެދާނެއެވެ. ވީމާ ނަޞޭޙަތްތެރިވުމާއިއެކު ކެތްތެރިވާން ޖެހޭނެއެވެ. 

މިގޮތުން ކުރެވޭ މަސައްކަތުގެ ނަތީޖާ ފެނުން ގާތްވާނެއެވެ. ނަމަވެސް ކަނޑައެލިގެން ނަމާދުކުރަން ދެކޮޅު ހަދައި އިންކާރުރުކޮށްފިނަމަ އެއީ އޮޓޮމެޓިކުން ކައިވެނި ރޫޅިގެންދާ ޙާލަތެކެވެ. ނަމަވެސް މައްސަލަ ނިންމަންވާނީ ޝަރުޢީ މަރުޙަލާގެ ތެރެއިން ކޯޓުތަކުންނެވެ. 

--ޝައިޚް މުޙައްމަދު ޠައްޔިބް ޢަބްދުލްޙަކީމްގެ ބަސްފުޅަކުން 

ގުޅުންހުރި ވީޑިއޯ:

މިއަދު އޮންލައިން