އާސަންދައިގެ ދަށުން ބޭސްފަރުވާއަށް ކޮޗިން އާއި ބެންގަލޫރުގައި ތިބި މީހުން ގެންނަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
އާސަންދައިގެ ދަށުން ބޭސްފަރުވާއަށް ކޮޗިން އާއި ބެންގަލޫރުގައި ތިބި މީހުން ގެންނަނީ!

އިންޑިއާގެ ކޮޗިން އާއި ބެންގަލޫރަށް އާސަންދައިގެ ދަށުން ބޭސްފަރުވާއަށް ގޮސް ތިބި 152 މީހަކު މާދަމާ ރާއްޖެ ގެނައުމަށް ނިންމައިފިއެވެ. 

ކޮވިޑް-19އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މިރޭ ވިދާޅުވީ މޯލްޑިވިއަން ފްލައިޓެއްގައި މާދަމާ ރާއްޖެ ގެންނަނީ އިންޑިއާގެ ކޮޗިން އާއި ބެންގަލޫރަށް އާސަންދައިގެ ދަށުން ބޭސްފަރުވާއަށް ގޮސް ތިބި މީހުންނާއި އެމީހުންގެ އެހީތެރިންކަމަށެވެ.

މީގެއިތުރުން ބަންގްލަދޭޝްގައި ތިބި މީހުން ގެނައުމުގެ ފަހުގެ މަޝްވަރާތައް މިހާރު ކުރެވެމުންދާ ކަމަށް ވެސް މަބުރޫކު ވިދާޅުވިއެވެ.

މަބުރޫކު ވިދާޅުވީ މިވަގުތު ކޮންމެހެން ރާއްޖެ އަންނަންޖެހޭ މީހުން ނޫނީ ރާއްޖެ އައުން މުހިންމު ނޫން ކަމަށާއި އެއަށްވުރެ ހާލުގައި ތިބި މީހުންނަށް ފުރުސަތު ދިނުން މުހިންމު ކަމަށެވެ 

މިއަދު އޮންލައިން