އެޕޯލޯ ހޯލްޑިންގްސްގެ ހެޑް އޮފީހަށް ވަގުން ވަދެ 5 ތިޖޫތީ ފަޅާލާ މިލިއަނަކަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފިއެވެ.
މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ މިހާދިސާ ހިނގީ ރޭ 11:45 އަކާއި ފަތިހު 4:30 ދެމެދު ކަމަށާއި ވަގުން މި އޮފީހުގެ 5 ތިޖޫރި ހަލާކުކޮށް 1.7 މިލިއަން ރުފިޔާ އާއި 2،200 ޑޮލަރު (33،924ރ.) ވަގަށް ނަގައިފައިވާކަމަށެވެ.
މި ވައްކަން ކޮށްފައިވަނީ ސީސީޓީވީތަކުގައި ޓޭޕް އެޅުމަށް ފަހު ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.
ފުލުހުން ބުނެފައިވަނީ މިމައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވިނަމަވެސް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.