سَعْدِ بْنِ عُبَادَةَ ރިވާކުރައްވަވާފައިވާ ޙަދީޘްފުޅެއްގެ މާނައިގައިވަނީ ފެނަކީ އެންމެ މަތިވެރި ޞަދަޤާތް ކަމަށެވެ. މިމާރުމުން ޙަދީޘްފުޅު ކުރެއްވެވީ އެކަލޭގެފާނުގެ މަންމާފުޅު އަވަހާރަވުމުން ދެއްވަވާނެ އެންމެ މަތިވެރި ޞަދަޤާތަކާއި ބެހޭ ގޮތުން ސުވާލު ދެންނެވުމުންނެވެ.
މިހާރަކަށް އައިސް ފެން ލިބުން ފަސޭހަވެފައިވުމުން މީސްތަކުންނަށް ފެން ދިނުމާއިމެދު ގިނަ ބައަކު ދަނީ އިހްމާލްވަމުންނެވެ. ނަމަވެސް ޙަދީޘްފުޅުގައި އޮތީ ފެނަކީ އެންމެ މަތިވެރި ޞަދަޤާތް ކަމަށެވެ.
ވީމާ މީހަކު ފެނަށް ބޭނުންވެފައިވާނަމަ ކޮންމެ ގޮތަކުން ނަމަވެސް އެމީހަކަށް ފެންފޮދެއް ދޭން މަސައްކަތްކުރާށެވެ. މިސްކިތުގައި ތިބޭ މީހުންނަށް ވެސް ފެންފޮދެއް ފޮރުކޮށްދޭށެވެ. ގެއަށް ޒިޔާރަތްކުރާ މެހްމާނުންވެސް ފެންފޮދެއް ދޭށެވެ! އެމީހުން ފެންފޮދަކަށް އެދޭނެކަމަށް މަޑުނުކުރާށެވެ!
އަދި ކީއް ހެއްޔެވެ؟ ޖަނަވާރުތަކާއި ދޫނި ސޫފާސޫފިތަކަށްވެސް ފެން ދޭށެވެ!
Sa’d ibn ‘Ubadah reported: I said, “O Messenger of Allah, my mother has died. Shall I give charity on her behalf?” The Prophet, peace and blessings be upon him, said, “Yes.” I said, “Which charity is best?”
The Prophet said, “A drink of water.”
Source: Sunan al-Nasā’ī 3664
Grade: Hasan (fair) according to Al-Albani
- އިސްލާމީ ތިލަފަތުގެ ދަރުސަކުން