"އެ ޞަދަޤާތަކާ ގުޅިގެން އުނދަގުލެއްދޭ ޞަދަޤާތަކަށްވުރެ ރަނގަޅު ހެޔޮބަހެއް ބުނުން، އަދި ޢަފޫ ކުރުން، ހެޔޮކަން މާބޮޑެވެ." ޤުރްއާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
"އެ ޞަދަޤާތަކާ ގުޅިގެން އުނދަގުލެއްދޭ ޞަދަޤާތަކަށްވުރެ ރަނގަޅު ހެޔޮބަހެއް ބުނުން، އަދި ޢަފޫ ކުރުން، ހެޔޮކަން މާބޮޑެވެ." ޤުރްއާން

ﷲ ވަހީކުރައްވަވާފައިވަނީ "އެ ޞަދަޤާތަކާ ގުޅިގެން އުނދަގުލެއްދޭ ޞަދަޤާތަކަށްވުރެ ރަނގަޅު ހެޔޮބަހެއް ބުނުން، އަދި ޢަފޫ ކުރުން، ހެޔޮކަން މާބޮޑެވެ. ﷲ އީ، ފުދިވޮޑިގެންވާ، ޙަލީމް ވަންތަ ރަސްކަލާނގެއެވެ." (އަލްބަޤަރާ: 263) 

މި އާޔަތުން އެނގިގެން މިދަނީ ރަނގަޅު ހެޔޮ ބަހެއް ބުނުން، ހެޔޮ ނަޞޭޙަތެއް ދިނުމާއި މީސްތަކުންނަށް ޢަފޫކުރުމުގެ މަތިވެރިކަމެވެ. މާލީ ޙާލަތު ހުންނަ ގޮތުން ޞަދަޤާތް ދޭން އުނދަގޫ ޙާލަތުގައި ހުރި ނަމަވެސް މީސްތަކުންނަށް ހެޔޮ ބަސް ބުނެ، ހެޔޮ ކަންކަން ކުރަން ނަޞޭޙަތް ދެވިދާނެއެވެ. އަދި އެހެން މީހުންނަށް ކުރެވޭ ކަންކަމަށް މާފުވެސް ކުރެވިދާނެއެވެ. އެކަންކަން ކުރަން އެއްވެސް ފައިސާއެއް ބޭނުމެއް ނުވާނެއެވެ! 

މީސްތަކުންނޭވެ! ހެޔޮ ބަސްތައް ބުނުން ގިނަކުރާށެވެ! ލިބޭ ކޮންމެ ފުރުޞަތެއްގައި ހެޔޮ ނަބޭޙަތްދޭށެވެ! އެއިރުން އެކުރެވެނީ ކިހައި މަތިވެރި އމަލެއްކަން މި އާޔަތުން އެނގިގެންދެއެވެ. 

ހަމަ އެއާއިއެކު މީސްތަކުންނަށް ޙަސަދަލައި ރުޅިވެރިކަން ނުބޭއްވުމުގެ މުހިންމުކަން ވެސް އެނގިގެންދެއެވެ. މީހަކަށް ހަސަދަލައިގެން ހުއްޓައި މަރުވެއްޖެ ނަމަ ހަމަ ޔަޤީނުންވެސް އެމީހާއަށް މާފުކުރުމުން ލިބެން އޮތް ސަވާބެއް ނުލިބޭނެއެވެ! އަދި އެކަމުން ކުޜާނެ ފައިދާއެއްވެސް ނެތެވެ. ވީއިރު ލިބެން ހުރި ގިނަގުނަ ސަވާބުތައް ނުހޯދައި ދޫކޮށްލަންވީ ކީއްވެގެން ހެއްޔެވެ؟ 

 -އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން