ސަރުކާރު ހުޅުވާނެ ދުވަހެއް ކަނޑައަޅަން މަޝްވަރާކުރަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ސަރުކާރު ހުޅުވާނެ ދުވަހެއް ކަނޑައަޅަން މަޝްވަރާކުރަނީ!

މިހާރު ފަދައިން ސަރުކާރު ބަންދުކުރާނެ މުއްދަތު ހަފްތާއަކުން ހަފްތާއަކުން އިތުރު ކުރުމުގެ ބަދަލުގައި ސަރުކާރު ހުޅުވާނެ ދުވަހަކާއިމެދު ގޮތެއް ނިންމަން މަޝްވަރާ ކުރެވެމުން އަންނަ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ. 

ރަމަޟާން މަސް ފެށެން ދާދި ގާތްވެފައިވާއިރު މާލޭގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ނުކުރެވޭކަން ފާހަގަކޮށް ސަރުކާރު ބަންދުކޮށްފައި ބާއްވާ މުއްދަތު ހަފްތާއަކުން ހަފްތާއަކުން އިތުރުކުރަމުން ގެންދިއުމުން ދަތިތައް ކުރިމަތިވާކަމާއި ރަށްރަށަށް ދެވުމުން ޖަމާޢަތުގައި ނަމާދުކުރުމުގެ ފުރުޞަތު ލިބެން އެބަ އޮތްކަން ފާހަގަކޮށް މިއަދުނޫހުން މިރޭ ކުރި ސުވާލުގެ ޖަވާބުގައި މަބްރޫކް ވިދާޅުވީ އެކަމަށް ސަރުކާރުން ގެންދަނީ މަޝްވަރާ ކުރަމުން ކަމަށެވެ. 

މަބްރޫކް ވިދާޅުވީ ރަމަޟާން މަސް ގާތްވަމުން އަންނާތީ އެކަމށް ގޮތެއް ނިންމުމަކީ މުހިންމު ކަމެއް ކަމަށް ސަރުކާރުންވެސް ޤަބޫލުކުރާ ކަމަށެވެ. 

ރަމަޟާން މަސް ފެށެން މިހާރުވެސް މިވަނީ ހަފްތާއެއްހައި ދުވަހަށް ގާތްވެފައެވެ. މިކަމުގައި ސަރުކާރުން ނިންމާ ގޮތެއް ކުރިން ހާމަކޮށްފިނަމަ، ހުޅުވަން އެކަށީގެންވާ މުއްދަތެއް އޮތް ނަމަ ގިނަ ބައަކު ރާއްޖެތެރެއަށް ދާން ބޭނުންވެއެވެ. ޢާއިލާ އާއި ބައްދަލުކުރުމުގެ އިތުރުން ޖަމާއަތުގައި ނަމާދުކޮށް ހުކުރުކޮށް އުޅުމަށްޓަކައެވެ.

މިއަދު އޮންލައިން