ފުލުހުންގެ ތަހުގީގަށް މޫސާދީދީ ހާޒިރުވުމަށް އަންގައި އިއުލާނު ކޮށްފި

ކިޔުމަށް ހޭދަވާނީ 42ސ
ފުލުހުންގެ ތަހުގީގަށް މޫސާދީދީ  ހާޒިރުވުމަށް އަންގައި އިއުލާނު ކޮށްފި

ހދ.ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކޮށްފިއެވެ.

ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: ސ.ހިތަދޫ، އޯކިޑްވިލާ، މޫސާދީދީ (51އ)

ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A053765

 ހާޒިރުކުރެވޭ ހައިސިއްޔަތު :  މަކަރާއިހީލަތް ހަދާފައިވާ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށް.

ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑި: ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަން، 2020 އޭޕްރީލް 20 ވަނަ ދުވަހުގެ 10:00 އަށް ށެވެ.

މިއަދު އޮންލައިން