ބޭސްފަރުވާއަށް ކޮޗިން އާއި ބެންގަލޫރުގައި ތިބި މީހުން ރާއްޖެ ގެނެސްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 46ސ
ބޭސްފަރުވާއަށް ކޮޗިން އާއި ބެންގަލޫރުގައި ތިބި މީހުން ރާއްޖެ ގެނެސްފި

އިންޑިއާގެ ކޮޗިން އާއި ބެންގަލޫރަށް އާސަންދައިގެ ދަށުން ބޭސްފަރުވާއަށް ގޮސް ތިބި 152 މީހަކު މިއަދު ރާއްޖެ ގެނެސްފިއެވެ.

މިމީހުން ރާއްޖެ ގެނެސްފައިވަނީ މޯލްޑިވިއަން ފްލައިޓެއްގައެވެ. މީގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ކޮޗިން އާއި ބެންގަލޫރަށް އާސަންދައިގެ ދަށުން ބޭސްފަރުވާއަށް ގޮސް ތިބި މީހުންނާއި އެމީހުންގެ އެހީތެރިންނެވެ.

މީގެއިތުރުން ބަންގްލަދޭޝްގައި ތިބި މީހުން ގެނައުމުގެ ފަހުގެ މަޝްވަރާތައް މިހާރު ކުރެވެމުންދާ ކަމަށް ކޮވިޑް-19އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވަނީ ވިދާޅުވެފައެވެ.

މަބުރޫކު ވިދާޅުވީ މިވަގުތު ކޮންމެހެން ރާއްޖެ އަންނަންޖެހޭ މީހުން ނޫނީ ރާއްޖެ އައުން މުހިންމު ނޫން ކަމަށާއި އެއަށްވުރެ ހާލުގައި ތިބި މީހުންނަށް ފުރުސަތު ދިނުން މުހިންމު ކަމަށެވެ 

މިއަދު ގެނައިމީހުން އެމީހުން ހަމަޖައްސާފައިވާ އުސޫލުން ގެންދިޔައީ ކަރަންޓީން ފެސިލިޓީތަކަށެވެ.

 

މިއަދު އޮންލައިން