އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ފުރަތަމަ ފަހަރަށް މައިބަދައިގެ ދެ އޮޕަރޭޝަނެއް ކޮށްފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 46ސ
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ފުރަތަމަ ފަހަރަށް މައިބަދައިގެ ދެ އޮޕަރޭޝަނެއް ކޮށްފި!

ފުރަތަމަ ފަހަރަށް މައިބަދައިގެ ދެ އޮޕަރޭޝަނެއް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި މިއަދު ކޮށްފިއެވެ.

މިކާއި ގުޅިގެން އޭއީއެޗް އިން މިއަދު ބުނެފައިވަނި މައިބަދައިގެ އޮޕަރޭޝަނެއް ކޮށްފައިވަނީ އުމުރުން 64 އަހަރުގެ އަންހެނަކާއި، 68 އަހަރުގެ ފިރިހެނެއްގެ ކަމަށެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ދާދިފަހުން ވަނީ އުމުރުން 82 އަހަރުގެ މީހެއްގެ އުނަގަނޑުގެ އޮޕަރޭޝަނެއް ވެސް ކޮށްފައެވެ. އެހެން ނަމަވެސ މިއީ އެ ހޮސްޕިޓަލުގައި ކުރި ފުރަތަމަ ބޮޑު އޮޕަރޭޝަނެވެ.

މި އޮޕަރޭޝަންތައް ކުރުމުގައި ކަށީގެ ބަލިތަކާއި ބެހޭ ހާއްސަ ޑޮކްޓަރު ޔޫސުފް ޝާން އާއި އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުން ވެސް ބައިވެރިވިއެވެ.

މިއަދު އޮންލައިން