ކޮރޯނާ ވައިރަސް އަށް މާލެއިން މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން މާލެ ލޮކްޑައުންއަށް ގެންނަން ޖެހިއްޖެ ހާލަތެއްގައި ޑެލިވަރީކޮށް ދޭނެ ފިހާރަތަކާއި ކެފޭތައް ރަޖިސްޓްރީވުމުގެ ފުރުޞަތު މާލޭ ސިޓީ ކައުންސިލުން މިއަދު ހުޅުވާލައިފިއެވެ.
ސިޓީ ކައުންސިލުން ވަނީ ޑެލިވަރީކޮށްދޭނެ ފިހާރަތަކާއި ކެފޭތައް އެ ކައުންސިލްގެ ޕޯޓަލްގައި ރަޖިސްޓްރީވުމަށް މިއަދު އެދިފައެވެ.
މާލެ ސިޓީ ކައުންސިލުން މިކަމަށް ހުޅުވައިލާފައިވާއިރު މާލެއިން ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އޭނާ ދިރިއުޅޭ ގެ ހިމެނޭ ސަރަހައްދު މިހާރު ވަނީ ބަންދުކޮށްފައެވެ.