ކުކުޅާ ގެރިމަހުގެ އިތުރުން ކާބޯތަކެތީގެ ހުރިހާ ބާވަތްތައް އެންމެ ހެޔޮ އަގުގަ ވިއްކާ އުފަންވެލި ޝޮޕުން ޑެލިވަރީ ވެސް ކޮށްދޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ކުކުޅާ ގެރިމަހުގެ އިތުރުން ކާބޯތަކެތީގެ ހުރިހާ ބާވަތްތައް އެންމެ ހެޔޮ އަގުގަ ވިއްކާ އުފަންވެލި ޝޮޕުން ޑެލިވަރީ ވެސް ކޮށްދޭނެ!

ކުކުޅާއި ގެރިމަހާއި އެތަކެތީގެ އިތުރު ބާވަތްތަކުގެ އިތުރުން ތަރުކާރީ އާއި މޭވާ އާއި ކާބޯތަކެތީގެ ހުރިހާ ބާވަތްތަކެއް ވެސް އެންމެ ހެޔޮ އަގުގައި ހޯލްސޭލްކޮށް އަދި ރީޓޭލްކޮށް ވިއްކަމުން ގެންދާ އުފަންވެލި ޝޮޕްގެ ފިހާރަތަކުން ޑެލިވަރީ ވެސް ކޮށްދޭނެ އެވެ. 

މާލެއިން ގުޅުއްވާނީ 3328883 އަށެވެ. ހުޅުމާލެއިން ގުޅުއްވާނީ 3358883 އަށެވެ. 

އުފަންވެލި ޝޮޕުން ކުކުޅެއް 23 ރުފިޔާއަށް ވިއްކާއިރު 10 ރުފިޔާއަށް ފިޔާ ކިލޯއެއް ހޯލްސޭލްކުރަމުން އަންނަތާ އެތައް ދުވަހެކެވެ. އަލުވި، ފިޔާ، ކުކުޅު ބިސް، އިނގުރު ލޮނުމިދު، ބަޓާނާ (ކުދި ބަރަބޯ) އާއި ތަރުކާރީ އާއި މޭވާގެ ގިނަ ބާވަތްތައް އުފަންވެލި ޝޮޕްތަކުން ވިއްކަމުން ގެންދަނީ އެންމެ ހެޔޮ އަގުތަކުގައެވެ. 

އުފަންވެލި ޝޮޕުން ބުނީ އެންމެ ހެޔޮ އަގުގައި ވިއްކަމުންވެސް ޑެލިވަރީކޮށްދެނީ ރައްޔިތުންނަށް އެންމެ ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދޭން ބޭނުންވާތީކަމަށެވެ. "އެންމެންވެސް މިތިބީ ދަތީގަ. ކޮންމެ މީހަކަށްވެސް މިވަނީ ކުރާ ޚަރަދަށް ބަލަން ޖެހިފަ. ވީމާ ރައްޔިތުންގެ ޖީބުތަކަށް ލުއިކޮށްދޭން ޑެލިވަރީ ކުރަމުން މިގެންދަނީ. މީގެ އިތުރުން މިވަގުތަކީ ގޭގަ މަޑުކުރަންޖެހިފައިވާ ވަގުތަކަށްވާތީ ސަރުކާރުން އެކަމަށް ކުރަމުން ގެންދާ މަސައްކަތްތަށް އެއްބާރުލުން ދިނުމަކީ ވެސް އަޅުގަނޑޫމެންގެ އެންމެ މުހިންމު އެއް ބޭނުން." 

އުފަންވެލި ޝޮޕްތަކުން ޑެލިވަރީކޮށްދެނީ 300 ރުފިޔާ އިން މަތީގެ އޯޑަރުތަކަށެވެ.

 

 

 

މިއަދު އޮންލައިން