ވެމްކޯއިން ދެމުންދާ ޚިދުމަތްތައް މެދު ކަނޑާލައިފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ވެމްކޯއިން ދެމުންދާ ޚިދުމަތްތައް މެދު ކަނޑާލައިފި!

ފުރަތަމަ ފަހަރަށް މާލެއިން ކޮވިޑް-19ޖެހިފައިވާ މީހަކު ފެނުމުން މާލެ 24 ގަޑިއިރަށް ބަންދުކުރުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ނިންމުމާއި ގުޅިގެން، ވެމްކޯއިން ދެމުންދާ ޚިދުމަތްތައް ވަގުތީގޮތުން މެދު ކަނޑާލައިފިއެވެ.

މިކަމާ ގުޅިގެން ވެމްކޯއިން ބުނެފައިވަނީ ވިޑް-19 އާއި ގުޅިގެން ފުރަމާލެ 24 ގަޑިއިރަށް ބަންދުކުރުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ އިއުލާނާއި ގުޅިގެން އެޗްޕީއޭ އަދި ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ލަފާގެ މަތިން މިކަމުގައި ރައްކާތެރިވުމަށް އެޅޭ ފިޔަވަޅެއްގެ ގޮތުން، އެ ކުންފުނިން ފުރަމާލެ ސަރަހައްދުގައި ފޯރުކޮށްދެމުންދާ އެންމެހައި ޚިދުމަތްތައް އެ އެޗްޕީއޭގެ އިއުލާންގައިވާ ލޮކްޑައުން މުއްދަތުގައި ވަގުތީ ގޮތުން މެދުކަނޑާލުމަށް އަންގާފައިވާތީ އެ ކުންފުނިންދޭ ޚިދުމަތްތައް މެދުކަނޑާލެވިފައިވާ ވާހަކަ އެންމެހައި ކަސްޓަމަރުންގެ މަޢުލޫމާތަށްޓަކައި ދަންނަވާ ކަމަށެވެ.

އަދި ޚިދުމަތްތައް ހުއްޓާލެވިފައިވާ މިދަނޑިވަޅުގައި، ގޭބިސީތަކުންނާއި ވިޔަފާރިތަކުން އުފެދޭ ކުނި މަދުކުރުމަށް ޙާއްސަ ސަމާލުކަމެއް ދިނުމަށާއި، އަދި އުފެދޭ ކުނި އެންމެ އެކަށީގެންވާ ގޮތުގައި (ދެކޮތަޅަށްލުމަށްފަހު) ރަނގަޅަށް ބަންދުކުރުމަށް ވެމްކޯއިން ވަނީ އިލްތިމާސް ކޮަށްފައެވެ.

މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދޭ ކަމަށްވެސް ވެމްކޯއިން ބުނެފައި ވެއެވެ.

މިއަދު އޮންލައިން