މަގުމައްޗަށް ނުކުންނަ މީހުން ސާދަ ދުވަހަށް ކަރަންޓީނު ކުރާނެ! މާލެ ފުރާފަވާ އުޅަނދުތައް ކައިރި ރަށަކަށް ބަދަލުކޮށްލާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
މަގުމައްޗަށް ނުކުންނަ މީހުން ސާދަ ދުވަހަށް ކަރަންޓީނު ކުރާނެ! މާލެ ފުރާފަވާ އުޅަނދުތައް ކައިރި ރަށަކަށް ބަދަލުކޮށްލާ!

ފުލުހުންގެ އެންގުންތަކާއި ޚިލާފަށް މަގުމައްޗަށް ނުކުންނަ މީހުން މިފަހަރުގެ ޙާލަތުގަ 1000 ރުފިޔާއިން ޖުރުމަނާ ކުރަމުން ގެންދާނެ ކަމަށާއިކަރަންޓީނު މަރުކަޒަކަށް ގެންދަން ޖެހޭ ޙާލަތުގައި ހުންނަ މީހަކު 14 ދުވަހަށް ކަރަންޓީނު ކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ. 

މިއަދު ދަރުބާރުގޭގައި ބޭއްވި ބައްދަލުވުމުގައި ފުލުހުން ބުނީ މާލެ އައުމަށް މިހާރު ފުރައި ދަތުރު ކުރަމުން އަންނަ އުޅަނދުފަހަރު މާލެ ނައިސް މާލެ ކައިރި ނުވަތަ އެނޫން ވެސް ރަށަކަށް ދިއުމަށް ކައިރި ރަށަކަށް ބަދަލުކޮށްލަން އެދޭ ކަމަށެވެ. 

ފުލުހުން މިއަދުބުނީ މުހިންމު ބޭނުމަކު ގެއިން ނުކުނަން ޖެހިއްޖެ ނަމަ އެކަން ފުލުހުންނަށް އަނގައި ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ. އަދި ކުރީ ފަހަރު ފަދައިން މިފަހަރު ފިޔަވަޅު ނާޅައި ދޫނުކުރާނެ ކަމަށެވެ.

 

 

މިއަދު އޮންލައިން