ބަންގްލަދޭޝަށް ދާން އެދިފަ ތިބި މީހުން މަނަވަރުގަ ގެންގޮސް ނުދޭނެބާ؟

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 32ސ
ބަންގްލަދޭޝަށް ދާން އެދިފަ ތިބި މީހުން މަނަވަރުގަ ގެންގޮސް ނުދޭނެބާ؟

"ބަންގްލަދޭޝްއަށް ދާން އެދިފައި ތިބި 837 މީހުން، ބަންގްލަދޭޝް އިން ދޭ 100 ޓަނުގެ އެހީ ހިފައިގެން ރާއްޖެ އަންނަ މަނަވަރުގައި އަނބުރާ ގެންގޮސް ނުދޭނެބާ؟" މިއީ ގިނަ ބައަކު ކުރަމުން ގެންދާ ސުވާލެކެވެ. 

ދަރުބާރުގޭގައި ދާދިފަހުން ބޭއްވި ނޫސްވެރިންގެ މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަނީ ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް ތިބި ކަމަށް ބެލެވޭ ލައްކައެއްހައި ބަންގްލަދޭޝް މީހުންގެ ތެރެއިން ސާޅީހަކަށް ހާސް މީހުން މިހާރު ރަޖިސްޓްރީކުރަން އެދިފައިވާ ކަމާއި ކޮވިޑް އާއި ގުޅިގެން އެނބުރި ޤައުމަށް ދާން ބޭނުންވާ މީހުން އެކަމަށް އެދެން ހުލުވައިލި ފުރުޞަތުގައި 837 މީހުންވަރު ނޯޓުކޮށްފައިވާކަން ހާމަކުރައްވައިފައެވެ. 

ފައްޔާޟް ވިދާޅުވީ އެއިގެ ތެރެއިން ޕާސްޕޯޓް އޮތީ 137 މީހުންގެ އަތުގައި ކަމަށާއި އެނޫން މީހުންގެ އަތުގައި އެއްވެސް ލިޔުމެއްވެސް ނެތް ކަމަށެވެ. އަދި ހައިކޮމިޝަނުން ލިޔުން ހޯދަން ދަތިތައް ކުރިމަތިވާކަންވެސް ވަނީ ފާހަގަކުރައްވައިފައެވެ. 

ފްލައިޓް ދަތުރުތައް މުޅިންހެން ހުއްޓިފައިވުމާއި ބަންގްލަދޭޝްގެ އެއާ ސްޕޭސް ބަންދުކޮށްފައި އޮތުމުން ބަންގްލަދޭޝްއަށް މީހުން ފޮނުވަން ދަތިތައް ހުރިއިރު މަނަވަރުގައި އެމީހުން ގެންގޮސްދީފިނަމަ ގެންނަ 100 ޓަނު އެހީގެ ތަކެއްޗަށްވުރެ ރާއްޖެއަށް ކުރާ ފައިދާ މާބޮޑުވާނެ ކަމަށްވެސް ގިނަ ބައަކު ބުނެއެވެ. 

ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު އިނގިރޭސީންވެސް ވަނީ މަނަވަރުތަކުގައި ރާއްޖެއަށް މީހުން ގެނެސްދީ ގެންގޮސްދީ ހަދާފައިކަން ފާހަގަކޮށް ގިނަ ބައަކު ބުނަނީ ބަންގްލަދޭޝް އާއި ރާއްޖެ އާއި ދެމެދު މިހައި ގާތްގުޅުމެއް އޮންނައިރު ވައިގެ ދަތުރުތައް ހުއްޓިފައިވާ މިފަދަ ވަގުތެއްގައި މިފަދަ އިންތިޒާމެއް ހަމަޖެއްސުމުގެ ފުރުޞަތު ހޯދަން މަސައްކަތް ކުރުމަކީ އޮތްކަމެއް ކަމަށް ޤަބޫލުކުރާ ކަމަށެވެ. 

މިއަދު އޮންލައިން