ލޮކްޑައުންގެ ޙާލަތުގައި މާލެ އޮތް އިރު އެކަށީގެންވާ ފެންވަރެއްގައި މިހާރުވެސް ޑެލިވަރީގެ ޚިދުމަތް ދެވޭ ކަމަށާއި ކަންބޮޑުވާން ޖެހިގެން މިހައިތަނަށް ގުޅާފައިވަނީ ބޯޕެކެޓެއް ނުލިބިގެން ރޭ ދަންވަރު ގުޅި ޢާއިލާއަކުން އެކަނި ކަމަށް މާލެ ސިޓީގެ މޭޔަރ ވިދާޅުވެއްޖެއެވެ.
ޝިފާ ވިދާޅުވީ މި ޙާލަތުގައި އެންމެންވެސް ކައިބޮއި ހަދާ ގަޑިތަކަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށާއި ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދޭނީ ރޭގަނޑު 12 ޖަހަންދެން ކަމަށެވެ. މީގެ އިތުރުން މިހާރުގެ ޙާލަތަށް ބަލައި މާލޭގެ ސަރަހައްދުތައް ބްލޮކްބްލޮކަށް ބަހާލައިގެން ނަމަވެސް ފިހާރަތަކުން ޚިދުމަތް ދެވޭނެ ގޮތެއް އޮތްތޯ ޓެކް ޓީމާއި މަޝްވަރާކުރެވެމުން އަންނަ ކަމަށްވެސް ޝިފާ ވިދާޅުވިއެވެ.
ޝިފާ ވިދާޅުވީ ލޯކަލް މާރުކޭޓްތަކުންވެސް ޑެލިވަރީ ކުރެވޭނެ ކަމަށާއި އަދި ހަލާކުވާ ބާވަތްތައް ނެރުމުގެ ފުރުޞަތުވެސް ފަހިކޮށްދެއްވާނެ ކަމަށެވެ.