ބަހާލަންވެސް ފުރުޞަތު ނުލިބުމުން މާރުކޭޓުގަ ހުރި ގިނަ އަދަދެއްގެ ތަރުކާރީތައް އުކާލައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ބަހާލަންވެސް ފުރުޞަތު ނުލިބުމުން މާރުކޭޓުގަ ހުރި ގިނަ އަދަދެއްގެ ތަރުކާރީތައް އުކާލައިފި!

ހެޔޮ އަގެއްގަ ވިއްކާލަންވެސް ފުރުޞަތު ނުލިބުމުގެ އިތުރުން ބަހާލަންވެސް ފުރުޞަތު ނުލިބުމުން ވިޔަފާރިވެރިންގެ ޖަމިއްޔާއިން އަމީނީ މަގުގައި ހިންގާ މާރުކޭޓުގައި ހުރި ވަރަށް ގިނަ ތަރުކާރީ އާއި އެނޫންވެސް ބައެއް ތަކެތި މިއަދު ހަވީރު އުކާލައިފިއެވެ. 

ގޮޅިތަކުގައި ތިބި މީހުން ބުނީ އެމީހުން އެތަކެތި ގެއަށް ގެންދިއަ ނަމަވެސް ހުރިހާ ތަކެތި ބޭނުން ނުކުރެވޭނެ ކަމަށާއި ގިނަ ތަކެތި ވާނީ ހަލާކު ކަމަށާއި ޖެހޭނީ އުކާލަން ކަމަށެވެ. "އެހެންވެ މާލޭ ސަޕްލަޔަރުން އަތުން ގެނެސްފަ ހުރިތަކެތިން އަލުން ކޮންޓޭނަރަށް ލެވޭނެ ތަކެތި އެމީހުން އެ ގެންދަނީ. އަލުން ކޮންޓޭނަރަށް ނުލެވޭވަރުގެ ތަކެތި މިޖެހުނީ އުކާލަން. ފަތްތައްވެސް. އަދި ދޮންކެޔޮވެސް ކިރިޔާވެސް ދެރަވެލާފަ ހުރި ތަކެތި މިޖެހުނީ އުކާލަން." 

އެމީހުން ބުނީ ދެރަވަނީ ބައަކަށް ބަހާލަންވެސް ފުރުޞަތު ނުލިބުމުން ކަމަށެވެ. "އެންމެންވެސް ބޭނުންވާނެ މިތަކެތި. މިއީ ދެރަވެލާފަ ހުރި ނަމަވެސް ކާން ހަމަ ރަނގަޅު ތަކެތި. އެކަމާ އެންމެ ދެރަވަނީ." 

ކޮންމެވެސް ގޮތަކުން އެތަނަށް ދެވުނު ބަންގްލަދޭޝް ގިނަ ބައަކު ކޮތަޅުތަކަށް އަޅައިގެން ބައެއް ތަކެތި ހިފައިގެން ނުކުންނަތަން ފެނުމުން އެމީހުންނަށް އެ ހިފައިގެން ދެވޭނެތޯ ސުވާލުކުރުމުން މީހަކު ބުނީ އެމީހުންނަށް އައުދެވުނު ގޮތަކަށް ހިފައިގެން ވެސް ދެވޭނެތީ ހަދިޔާކުރީ ކަމަށެވެ. 

ބައެއް ގޮޅިތަކުން މިމޭރުމުން ބުނިއިރު އަނެއްބައި ގޮޅިތަކުން މަސައްކަތްކުރަމުން ދިއައީ ވީހައި ގިނަ ތަކެތި ގެއަށް ގެންދިއުމަށެވެ. 

ލޮކްޑައުންގެ ޙާލަތުގައިވެސް ބައެއް ޤައުމުތަކުގައި ކާބޯތަކެތި ވިއްކަން ފުރުޞަތުތަކެއް ދިނެވެ. މާލެ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދު މިއަދު ވިދާޅުވީ މާރުކޭޓުގެ ގޮޅިތަކުންވެސް ޑެލިވަރީ ކޮށްދެވޭނެ ކަމަށެވެ.

މިއަދު އޮންލައިން