ނަރަކައަށް ނުވަދެބަލާށެވެ! ނަރަކައަށް ނުވަދެ ސަލާމަތްވެވޭނެ މަގު މި ޙަދީޘްފުޅުން ލިބިގަންނާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ނަރަކައަށް ނުވަދެބަލާށެވެ! ނަރަކައަށް ނުވަދެ ސަލާމަތްވެވޭނެ މަގު މި ޙަދީޘްފުޅުން ލިބިގަންނާށެވެ!

ބައެއް މީހުން ބުނެއުޅެއެވެ. ނަރަކައަށް ވަންނަން ޖެހެނީ ﷲ ވައްދަވާތީއެވެ. އެހެން އެބުނާ މީހުންނަށް ކަމުގެ ޙަޤީޤަތް އެނގެނީ ކިހައި މިންވަރަކަށް ހެއްޔެވެ؟ ހަމައެކަނި މިޙަދީޘްފުޅަށް ނިކަން ވިސްނައިލަބަލާށެވެ! 

"ޝައިޠޯނާ ﷲ ތަޢާލާއަށް ދެންނެވިއެވެ. އިނބަ ﷲ ގެ ގަދަފަދަވަންތަކަން ގަންދީ ބުނަމެވެ. އާދަމްގެ ދަރިޔާގެ ހަށީގައި ފުރާނަ ހުރި ހައި ހިނދަކު އޭނާ މަގުފުރައްދާހުށީމެވެ. 

ﷲ ތަޢާލާ ވަޙީ ކުރެއްވެވިއެވެ. "ތިމަން ﷲ ގެ ގަދަފަދަވަންތަކަމާއި މަތިވެރިވަންތަކަމާއި އަދި ތިމަން ﷲ ވޮޑިގެންވާ ތަނުގެ މަތިވެރިކަން ގަންދެއްވައި ވަޙީކުރައްވަވަމެވެ. ތިމަން ﷲ ގެ އަޅުތަކުން އިސްތިޣްފާރުކުރާހައި ހިނދަކު (ފާފަ ފުއްސެވުމަށް އެދޭހައި ހިނދަކު، ތިމަން ﷲ އެމީހުންނަށް ފާފަފުއްސަވައި ދެއްވަވަމުން ގެންދަވާ ހުށީމެވެ." (އިމާމް އަޙްމަދު: 27،627) 

މިޙަދީޘްފުޅުން އެނގިގެންދަނީ ނަރަކައަށް ވަންނަން ބޭނުން ނުވާ އެއްވެސް މީހަކަށް ނަރަކައަށް ވަންނަން ނުޖެހޭނެ ކަމެވެ. އެހެނީ މީސްތަކުން މަގު ފުރައްދައި ނަރަކައަށް ވައްދާނެ ކަމަށް އިބިލީސް ދެންނެވުމުން އެކަން އިބިލީހަށް ނުކުރެވޭނެކަން އެވަނީ ވަޙީ ކުރައްވަވައިފައެވެ. 

"ހުރިހާ އާދަމްގެ ދަރިންނަކީވެސް ފާފަކުރެވޭނެ ބައެއް ކަމަށާއި އެންމެ މަތިވެރިވެގެންވަނީ ފާފަކުރެވުމުން އަވަހަށް ތައުބާވާ އިންސާނުން" ކަމަށް އޮތް ޙަދީޘްފުޅުން އެނގިގެންދަނީ އިސްތިޣްފާރުކުރުމުން ފާފަތައް ފުއްސަވައި ދެއްވަވާނެ ކަމެވެ.   

ވީއިރު މި ދެ ޙަދީޘްފުޅުން ވެސް އެނގިގެން މިދަނީ މީސްތަކުން ނަރަކައަށް ވަންނަނީ ތައުބާވާން ފަސްޖެހޭތީކަމެވެ! ތައުބާވުން ގިނަކޮށް ނަރަކައިން ސަލާމަތްވުމަށް އެދި އިސްތީޣްފާރކުރުންމަތީގައި ދެމިހުންނަ މީހާ ނަރަކައިން މިންޖު ކޮށްދެއްވަވާނެ ކަމެވެ. ކަން މިފަދައިން އޮތް އިރު ނަރަކައަށް ވަންނަން ޖެހެނީ ﷲ ވައްދަވާތީ ކަމަށް ބުނުމަކީ ކާކަށް ކުރެވެން އޮތް ކަމެއް ހެއްޔެވެ؟ 

"ތިމަން ﷲ ގެ ގަދަފަދަވަންތަކަމާއި މަތިވެރިވަންތަކަމާއި އަދި ތިމަން ﷲ ވޮޑިގެންވާ ތަނުގެ މަތިވެރިކަން ގަންދެއްވައި ވަޙީކުރައްވަވަމެވެ. ތިމަން ﷲ ގެ އަޅުތަކުން އިސްތިޣްފާރުކުރާހައި ހިނދަކު (ފާފަ ފުއްސެވުމަށް އެދޭހައި ހިނދަކު، ތިމަން ﷲ އެމީހުންނަށް ފާފަފުއްސަވައި ދެއްވަވަމުން ގެންދަވާ ހުށީމެވެ." ވަޙީ ކުރެއްވެވުމުން އިސްތިޣްފާރު ނުކުރާ މީހާ ސުވަރުގެ ނުވަދެ ނަރަކައަށް އެވަންނަނީ އަމިއްލައަށް ނޫންހެއްޔެވެ؟ 

ވީމާ ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަންނަން މަސައްކަތްކުރާ މީހަކަށްވާށެވެ! އިސްތިޣްފާރުކުރުން ގިނަކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން