މަހިބަދޫ ލޯންޗްތަކެއްގައި ރޯކޮށްލުމުގެ ޒިންމާ އައިއެސް ޖަމާއަތުން ނަގައިފި!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 35ސ
މަހިބަދޫ ލޯންޗްތަކެއްގައި ރޯކޮށްލުމުގެ ޒިންމާ އައިއެސް ޖަމާއަތުން ނަގައިފި!

އދ. މަހިބަދޫ ފަޅުގައި އަޅާފައިވާ ލޯންޗްތަކެއްގައި ރޯކޮށްލުމުގެ ޒިންމާ ހަނގުރާމަވެރި ނިރުބުވެރި ޖަމާއަތެއް ކަމަށްވާ އައިއެސް ޖަމާއަތުން ނަގައިފިއެވެ.

މިކަނ ހާމަކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލުތައް ދިރާސާކުރާ ސައިޓް އިންޓެލިޖެންސުން އިންނެވެ.

ސައިޓް އިންޓެލިޖެންސުން ބުނެފައިވަނީ 5 ލޯންޗް އަންދާލި ހަމަލާ ދިނީ އެކަމަށް ތައްޔާރުކޮށްފައިވާ ޑިވައިސްތަކެއް ބޭނުންކޮށްގެން ކަމަށް، އައިއެސްގެ ނިއުސް ލެޓާއެއްގައި ބުނެފައިވާ ކަމަށެވެ.  

އދ. މަހިބަދޫ ފަޅުގައި އަޅާފައިވާ 5 ލޯންޗެއް އަންދާލި ހާދިސާ އަކީ ބަޔަކު ގަސްދުގައި ހިންގި އަމަލެއް ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފަ އެވެ.

 

މިއަދު އޮންލައިން