ހިތާމަތަކާ ހިތްދަތިކަމާ މާލީ ދަތިކަން މެދުވެރިވަނީ ﷲ އެމީހަކު ދޫކޮށްލެއްވެވުމަކުން ނޫނެވެ. އެއީ ﷲ ތަޢާލާ އާއި ކުއްތަންވުމަށް އިތުރަށް މަސައްކަތްކުރަން ދެއްވަވާ މެސެޖެކެވެ. މެސެޖު ރަނގަޅު ގޮތުގައި ލިބިގަންނާށެވެ!
މެސެޖު ރަނގަޅު ގޮތުގައި ލިބިގަތުމަކީ ﷲ ތަޢާލާ އާއި ކުއްތަންވުމަށް ކުރާ މަސައްކަތް އިތުރުކުރުމެވެ. ކުރެވޭ ފާފަތަކާއިމެދު ވިސްނައި ހިތާމނަކުރުމެވެ. ކުރެވޭ ފާފަތައް ފާހަގަކޮށް އެކަންކަން ކުރުން ހުއްޓައިލުމެވެ. ތައުބާވެ އިސްތިޣްފާރުކުރުން ގިނަކުރުމެވެ.
ﷲ ތަޢާލާގެ ޙަޟްރަތުން ވާގި އެދިއެދި ހުރި އެއްވެސް މީހަކު ﷲ ތަޢާލާ ދޫކޮށެއް ނުލައްވަވާނެތެވެ! އެހެނީ ﷲ ތަޢާލާ އާއި ކުއްތަންވުމަށް އަހަރެމެން މަސައްކަތްކުރުމުން އަހަރެމެންނަށް ވުރެ މާބޮޑަށް ﷲ ތަޢާލާ އެމީހަކާއި ކުއްތަންވެ ވޮޑިގަންނަވަތެވެ.
ވީމާ މިއަދުގެ މިޙާލަތުގައި ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ ﷲ ތަޢާލާގެ މެސެޖު ފުރިހަމަ ގޮތުގައި މާނަކޮށް ޢަމަލުކުރުމެވެ! ސުވަރުގޭގައި މެނުވީ ދަދަތަކާއި ކުރިމަތިލާން ޖެހޭނެއެވެ. އެއީ ސުވަރުގެ ދިއުމަށް ކުރާ މަސައްކަތުގައި ގިރާކުރަން ޖެހޭ ކަމެކެވެ. ގިރާކުރެވޭނީ ކެތްތެރިންނަށެވެ! ސުވަރުގެ ލިބުން ވަނީ ކެތްތެރިންނަށެވެ! ވީމާ ކެތްތެރިވާން ގަދައަލައި ަމސައްކަތްކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން