މިއަދަކީ ރާއްޖޭގެ މުޅި ތާރީޚަށް ބެލި ނަމަވެސް އެންމެ ހިތާމަވެރި އެއް ދުވަހެވެ. މިއަދަކީ އެފަދަ ހިތާމަވެރި ދުވަހަކަށްވެގެންދަނީ މިއަދަކީ ރާއްޖޭގެ ތާރީޚުގައިވެސް ފުރަތަމަފަހަރަށް ޖަމާއަތާއި ނުލައި ސްޓޫޑިއޯ އިން ޚުޠުބާ ގެނެސްދޭން ޖެހުނު ދުވަސް ކަމަށްވުމުންނެވެ.
"ޝަޢްބާން މަހާއި ހެޔޮ ޢަމަލު" މި މައުޟޫއަށް މިއަދުގެ ޚުޠުބާ ދެއްވީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް އެވެ.
ކޮރޯނާގެ ޙާލަތާއި ގުޅިގެން މާލޭގައި ހުކުރުކުރުން މެދުކަނޑައިލުމުން މިހައިތަނަށް ހުކުރު ފޮނުވަމުން ގެންދިއައީ ކައިރީ ރަށްތަކުންނެވެ. އެގޮތުން ހިންމަފުށި އަދި ތުލުސްދޫ އިން ވަނީ ހުކުރު ގެނެސްދީފައެވެ.
ޝަޢްބާން މަހާއި ހެޔޮޢަމަލު https://t.co/q88zPFEqIt
— Ministry of Islamic Affairs (@MVIaffairs) April 17, 2020