މި ބޮޑު ދުނިޔެ އުފެއްދެވީވެސް އަދި އެ ކުޑަކުޑަ ކޮރޯނާ ވައިރަސް އުފެއްދެވީވެސް ހަމަ ﷲ ތަޢާލާއެވެ. ވީމާ ﷲ ތައާލާ މިންވަރުކުރައްވަވާފައިވާ ގޮތެއް ނޫނީ އެއްވެސް މީހަކަށް މެދުވެރިއެއް ނުވާނެއެވެ.
މިފަދަ ހާލަތުގައި އެންމެ މުހިންމު އެއް ކަމަކީ ގެއިން ބޭރަށް ނުކުންނައިރު ތިމާގެ ރައްކައުތެރިކމަށް އެދި ކކިޔަން ޖެހޭ ޛިކުރުތައް ކިޔުމެވެ. (ޛިކުރުތަކުގެ ތަފްޞީލާއި މާނަ ލިޔުމުގައިވާ ވީޑިއޯގައި ވާނީ ހިމަނައިފައެވެ.)

މިއީ ރަސޫލް (ޞޢވ) ގަނޑުވަރުކޮޅުން ނުކުމެވަޑައިގަންނަވާނަމަ ޙަދީޘް ކުރެއްވެވި ޛިކުރެކެވެ. ޖުމުލަގޮތެއްގައި ބަލައިފިނަމަ އިންސާނަކަށް ރައްކައުތެރިކަން ބޭނުންވާނެ ހުރިހާ ކަންކަމުން ރައްކައުތެރިކަން ދެއްވެވުމަށް މިޛިކުރުގައިވެއެވެ.

ޙަދީޘްފުޅުގައި ވަނީ މި ޛިކްރު ހެނދުނާއި ހަވީރު ކިޔަވައިގެން ހުންނަ މީހަކަށް ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވަވާނެ ކަމަށެވެ! އަދި ކުއްލިއަކަށް ކުރިމަތިވާ މޫޞީބާތްތަކުން ސަލާމަތްކޮށް ދެއްވަވާނެ ކަމަށް ވެސް ރިވާޔަތްތަކުގައިވެއެވެ.
މި ޛިކުރު 3 ފަހަރު ކިޔައިގެން ހުންނަ މީހަކަށް ގެއްލުމެއް ނުލިބޭނެ، ދެރަގޮތެއް މެދުވެރި ނުވާނެ ކަމަށް ހަދީޘްފުޅުގައި އެބަ އޮތެވެ.

މީސްތަކުންނޭވެ! ތނަކަށް ގޮސް އިށީނުމުގެ ކުރިން މި ކަލިމަ ކިޔުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއިރުން އެމީހަކު އެތަނުގައި ވަނިކޮށް ޖިންނި ޝައިޠޯނުން ވެސް ހިމެނޭ ގޮތުން އެތަނުގައިވާ އެއްވެސް އެއްޗަކަށް އެމީހާއަށް އެއްވެސް ގެއްލުމެއް ނުދެވޭނެއެވެ! ވީމާ މިއަދުގެ މިޙާލަތުގައި ގެއަކަށް ދިއަ ނަމަވެސް އެހެން ތަނަކަށް ދިއަ ނަމަވެސް މަޑުކޮށްލާނަމަ މި ޛިކުރު ކިޔުމަކީ ވަރަށް މުހިންމު ކަމެކެވެ.
މިކަލިމައިގައި މިވަނީ ﷲ ތަޢާލާ ޚަލްޤް ކުރައްވަވާފައިވާ ހުރިހާ އެއްޗެއްގެ ނުބައި ކަމަކުން ސަލާމަތްކޮށްދެއްވެވުން އެދޭ ކަމަށެވެ. (އެއިގެ ތެރޭގައި ކޮރޯނާ ވައިރަސް ވެސް އެހެން ފަނިފަކުސަތަކާއި އިންސާނުންގެ ނުބައިކަންވެސް ހިމެނެއެވެ.
ދުނިޔެއަށް މިއަދުގެ ޙާލަތު ކުރިމަތިވެފައި މިވަނީ ފާފަތައް ކުރުމުގައި އިންސާނުންގެ އަމަލުތަކުގެ ނުބައިކަމުގެ ބޮޑުކަން ހައްދުފަހަނައަޅައި ދިއުމުންނެވެ. މުރުތައްދުވުމާއި ﷲ ވޮޑިގެންވާކަން ޤަބޫލުނުކުރުމާއި އެއްޖިންސުން ކައިވެނިކުރުން ނުބައިކަން އިންތިހާއަށް ގޮސްފައިވާ އެތައް ޢަމަލުތަކެއް ކުރުން އިންތިހާއަށް ގޮސްފައިވްނިކޮށެވެ.
މިއީ ތައުބާވުމުގެ އެންމެންވެސް ތައުބާވުމަށް އަަވސްވެގަންނާށެވެ!
- ޝައިޚް ޝަފީޢު ޢަބްދުﷲ
ދަރުސްގެ ވީޑިއޯ: