ކޮރޯނާ ވައިރަސް ފެތުރުން ކޮންޓްރޯލްކުރަން ކަމާއިބެހޭ އިދާރާތަކުން އަޅަންޖެހޭ ފިޔަޅުތައް ކުރިއަށް ގެންދަން ޖެހޭނަމަ ރަމަޟާން މަހުގެ ތަރާވީޙް ނަމާދާއި ޢީދު ނަމާދުވެސް ގޭގައި ކުރުމަށް ސައުދީ އިސް މުފްތީ ޝައިޚް ޢަބްދުލްޢަޒީޒް ބިން ޢަބްދުﷲ އަލް ޝައިޚް އިލްތިމާސްކުރައްވައިފިއެވެ.
ރަމަޟާން މަހުގެ ތަރާވީޙް ނަމާދާއި ގުޅިގެން ގިނަބައަކު ކަންބޮޑުވުން ފައުޅުކުރަމުން ގެންދާތީ މުފްތީ ވިދާޅުވީ ރަސޫލް (ޞޢވ) ގަނޑުވަރުކޮޅުގައި ރޭ އަޅުކަން ކުރެއްވެވި ކަމަށާއި އެހެންކަމުން އެއީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން ކަމަށާއި ރަމަޟާންމަހު ވީހައި ގިނައިން އަޅުކަންކޮށް ރަމަޟާން މަހުގެ ފިރިހަމަ ޘަވާބާއި ދަރުމަ ހޯދަން މަސައްކަތްކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މުފްތީ ވިދާޅުވީ ޢީދު ނަމާދުކުރުން އެންމެ ރަނގަޅީ ހާމަތަނެއްގައި ބޮޑު ޖަމާޢަތް ހަދައިގެން ނަމަވެސް ބޮޑު ޖަމާޢަތް ހެދެންނެތް އަދި މިސްކިތުގައިވެސް ކުރެވެން ނެތް ޙާލަތުގައި ގޭގައިވެސް ކުރެވިދާނެ ކަމަށެވެ. އަދި އެޙާލަތުގައި ޚުޠުބާ ނުކިޔައިވެސް ނަމާދު ކުރެވިދާނެ ކަމަށެވެ.
ގުޅުންހުރި ލިޔުން: