ރައްކާވެ ތިބިއްޔާ ދަތުރު! ރާއްޖޭގެ ކުޑަ ރަށަކުން ކޮރޯނާ ބަލި ފެނިއްޖެ ނަމަ މުޅި ރަށް ޕޮޒިޓިވް ވުމުގެ ފުރުޞަތު ބޮޑު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ރައްކާވެ ތިބިއްޔާ ދަތުރު! ރާއްޖޭގެ ކުޑަ ރަށަކުން ކޮރޯނާ ބަލި ފެނިއްޖެ ނަމަ މުޅި ރަށް ޕޮޒިޓިވް ވުމުގެ ފުރުޞަތު ބޮޑު!

ރާއްޖޭގެ ޢާންމު ދިރިއުޅުމަށް ބަލައިފިނަމަ ކުދި ރަށްތަކުގައި މީހުން ދިރިއުޅެމުން ގެންދަނީ ވަރަށް އެކުވެރި މާހައުލެއްގައެވެ. ކޮންމެ ދުވަހަކުހެން ރަށުގެ އެންމެންހެން އެކަކު އަނެކަކާއި ބައްދަލުވެ ވާހަކަ ދައްކައި އެކުގައި ކައިބޮއި ހަދައެވެ. އެކުގައި ވަގުތުތައް ހޭދަކުރެއެވެ.

އެއް ގެއެއްގެ ބޭނުންތައް ފުއްދެނީ އަނެއް ގެއަށް ޒިޔާރަތްކޮށްގެންނެވެ. ދިރިއުޅެން އާދަވެފައިވަނީވެސް އެހައި އެކުވެރިކަމާއެކުގައެވެ. އެހެންކަމުން ކުޑަ ރަށަކުން އެންމެ މީހަކު ޕޮޒިޓިވްވާއިރު މުޅި ރަށަށް އެކަމުގެ އަސަރު ފެތުރިފައި އޮތުމަކީ ވަރަށް ގާތް އަދި ނުރައްކާތެރި ކަމަކަށްވެގެން ހިނގައިދާނެ ކަމުގެ ބިރު ބޮޑެވެ.

އެކަން ފާހަގަކުރައްވައި މަރިޔަމް ވަޙީދާ ވިދާޅުވެފައިވެއެވެ. "ގިނަމީހުންގެ އުޅުންތަކާ ގުޅުންތަކަށްބަލާއިރު، އަތޮޅުތެރޭރަށަކުން ބަލިމީހަކުފެނި ޓެސްޓުކޮށް ޕޮސިޓިވްކަން އެނގޭއިރު ރަށުހުރިހާގެއަކަށް އޮންނާނީ ބަލިފެތުރިފަ. އޭރަށް ނޯންނާނެ ކުރެވޭނެ މާބޮޑުކަމެއް. ވަގުތުއޮންނާނީ ފާއިތުވެފަ. އިޖްތިމާޢީގައިދުރުކަން ޢަމަލުންދައްކަމާ! ގޭގައިތިބެމާ!"

މަރިޔަމް ވަޙީދާ ވިދާޅުވެފައިއެވަނީ ވަރަށް ރަނގަޅު ހެޔޮ ބަސްފުޅެކެވެ. ނުރައްކަލެއް ނެތް ކަމަށް ބަލައި ރައްޔިތުން މަސްހުނި ނުވެ ކުދި ރަށްތަކުގައިވެސް އިޖުތިމާޢީ ދުރުމިން ހިފެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. ކުދި ރަށްރަށުގައި ވެސް ގިނަ މީހުން އެއްވެ ނުއުޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. ރައްކައުވެ ތިބިއްޔާ ދަތުރެވެ!

މިއަދު އޮންލައިން