ބަނދަރު މަތީގަ ލިލީ ސްޓޯރެއް ނުހުންނާނެ! ލިލީ ސްޓޯރަށް ދިއަ ބައަކު ހޯދަން ޖެހޭ ސަބަބެއް އަދި ނޭނގެ!: މައްލާ ނާޞިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ބަނދަރު މަތީގަ ލިލީ ސްޓޯރެއް ނުހުންނާނެ! ލިލީ ސްޓޯރަށް ދިއަ ބައަކު ހޯދަން ޖެހޭ ސަބަބެއް އަދި ނޭނގެ!: މައްލާ ނާޞިރު

މާލޭ ބަނދަރުމަތީގައި ލިލީ ސްޓޯރުގެ އެއްވެސް ފިހާރައެއް ނުހުންނާނެ ކަމަށާއި އަހްމަދީ ބާޒާރުގައި ހުންނަ ލިލީ ސްޓޯރަށް ދިއަ މީހުން ހޯދަން ޖެހޭ އެއްވެސް ސަބަބެއް އަދި އެނގިވަޑައި ގެންފައި ނުވާކަމަށް ލިލީ ގްރޫޕުގެ ޗެޢާމަން އަޙްމަދު ނާޞިރު (މައްލާ ނާޞިރު) ވިދާޅުވެއްޖެ އެވެ. 

މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ނާޞިރު މިއަދު ވިދާޅުވީ ލިލީ އެންޓަރޕްރައިޒަސްގައި މަސައްކަތްކުރާ 4 ކުއްޖަކު ކޮވިޑް 19 އަށް ޕޮޒިޓިވްވި ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެއް އިމާރާތެއްގައި ހުރި ނަމަވެސް ފިހާރަ ހިންގަނީ ތިރީބުރީގައި ވަކިން ކަމަށާއި އޮފީހުގެ އެ މުވައްޒިފުންނަކީ ފިހާރައަށް ވަދެ އުޅެން ޖެހޭނެ ބައެއް ނޫން ކަމަށެވެ. "ވީމާ ލިލީ ސްޓޯރު ފަދަ ދުވާލަކު އެތައް ބައަކު ވަދެ އުޅޭ ފިހާރައަކާއި ގުޅުވައިގެން ކުންފުންޏަށް އެއްވެސް ވަރަކަށް އެނގުމަކާއި ނުލައި މިފަދަ މައުލޫމާތު މީޑިއާތަކުން  ފަތުރާތީ ވަރަށް ހިތާމަކުރަން." 

މީގެ އިތުރުން ނާޞިރު ވިދާޅުވީ ޕޮޒިޓިވްވެގެން އުޅޭ ކަމަށް މައުލޫމާތު ލިބޭ ބަންގްލަދޭޝް މީހާ އަކީ ލީލީގެ އެއްވެސް އިދާރާއަކާއި އެއްވެސް ގުޅުމެއް ހުރި މީހެއް ނޫން ކަމަށާއި އެއީ ޕޮޒިޓިވްވެފައިވާ ކުއްޖެއްގެ ފިރިމީހާ ކަމަށެވެ. އަދި އެމީހުން ދިރިއުޅެނީވެސް ލިލީ ސްޓޯރާއި އެއްވެސް ގުޅުމެއް ހުރި ތަނެއްގައިވެސް ނޫން ކަމަށެވެ.   

ލިލީގެ އޮފީސްތަކަކީ މިބާވަތުގެ މައްސަލައެއް ކުރިމަތިވި ނަމަވެސް ޤަވާއިދުން ޑިސްއިންފެކްޓްކޮށް ސާފުތާހިރުކަން ކަށަވަރުކޮށް ބަލަހައްޓަމުން ގެންދާ އޮފީސްތަކެކެވެ. އެގޮތުން ދާއިދިފަހުންވެސް ލިލީގެ އޮފީސްތައް ވަނީ އަމިއްލަ އިސްނެގުމަށް ޑިސްއިންފެކްޓްވެސް ކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިފަދަ ކަމެއް މުވައްޒިފުންނަށް ކުރިމަތިވެފައި މިވަނީ އެޗްޕީއޭގެ އެންގުންތަކަށް ނުބަލައި ކަންކަމުގައި ފަރުވާކުޑަކުރުމުންނެވެ. 

އެޗްޕީއޭ އިން ބުނީ ލިލީ ސްޓޯރަށް ވަން އެއްވެސް ބައަކު ހޯދަން އެއިދާރާއިން އެއްވެސް އިއުލާނެއް ކޮށްފައި ނުވާނެ ކަމަށެވެ.

މިއަދު އޮންލައިން