ފައިސާ ހުރި މީހުން ރަމަޟާން މަހު ކުރާ އޯޑަރުތައް މަދުކޮށްދިނުމަކީ ފައިސާ ނެތް ފަޤީރުންނަށް އެހީތެރިވާން ކޮށްދެވިދާނެ ކަމެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ފައިސާ ހުރި މީހުން ރަމަޟާން މަހު ކުރާ އޯޑަރުތައް މަދުކޮށްދިނުމަކީ ފައިސާ ނެތް ފަޤީރުންނަށް އެހީތެރިވާން ކޮށްދެވިދާނެ ކަމެކެވެ!

ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަހެވެ. ކެތްތެރިވުމުގެ މައްސަރެވެ. މިއަހަރުގެ ރަމްމާން މަސް މި ބައްދަލުކުރަނީ މިހާރު ދުނިޔޭގައި ތިބި މީހުންނާއި ބައްދަލުކުރާނެ އެންމެ ދަތި، ހިތްދަތި ރަމަޟާން މަހުގެ ގޮތުގައެވެ.

މިއަހަރުގެ ރަމަޟާން މަސް މި ބައްދަލުކުރަނީ ޢާންމު ޙާލަތެއްގައެއް ނޫނެވެ. ކުރުން އެންމެ މުހިންމު އެއްކަމަކީ ޙާލަތާއި އެއްގޮތަށް ޢަމަލުތައް ބަދަލުކުރުމެވެ. ކެއުން ބުއިންވެސް ބަދަލުކުރުމެވެ.

މިގޮތުން ރޯދަވީއްލާވަގުތު އެހެނިހެން އަހަރުތަކުގައި ތައްޔާރުކުރާހައި ގިނައިން ކެއުމުގެ ބާވަތްތައް ތައްޔާރުކުރުމުގެ ވިސްނުން ދޫކޮށްލަންޖެހެއެވެ.

އަތުގައި ފައިސާ ހުރި މީހުންވެސް ފަޤީރުންގެ ޙާލަތަށް ވިސްނައިލާށެވެ! އެމީހުންނަށް އެތިކޮޅު ލިބެން ފުރުޞަތުދޭށެވެ. ޢާއްމު ޙާލަތުގައި ކެއުމުގެ ކަންތައްތައް ގެންދިއަގޮތަށް އިންތިޒާމު ކުރަން ގަސްތުކުރާނަމަ އޯޑަރުތައް ގިނަވާނެއެވެ. އޯޑަރުތައް ގިނަވުމުން ޑެލިވަރީ ލަސްވާނއެވެ.

ވީމާ ކެއުމުގެ ވައްޓަފާޅި މިހާރުގެ ޙާލަތަށް ބަދަލުކުރައްވާށެވެ!

މިއަދު އޮންލައިން