ގޭގަ ހުންނަން ޖެހުމުން ކުރިމަތިވާ ނަފްސާނީ މައްސަލަތަކުގެ ފަރުވާ ހޯދޭނީ އަމިއްލައަށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ގޭގަ ހުންނަން ޖެހުމުން ކުރިމަތިވާ ނަފްސާނީ މައްސަލަތަކުގެ ފަރުވާ ހޯދޭނީ އަމިއްލައަށެވެ!

ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި މިހާރު އޮތީ ނުވަތަ ގެއިން ބޭރަށް ނުކުމެ ނުއުޅެވުމުގެ ޙާލަތެވެ. މިހާލަތުގައި ބައެއް މީހުންނަށް ގޭގައި ތިބެން ޖެހިފައިވަނީ އެކަންޏެވެ. ބައެއް ގޭގޭގައި ދެމަފިރިން އެކަންޏެވެ. ބައެއް ގޭގޭގައި ދަރިންކޮޅާއި މަންމަ ޢާއި ބައްޕައެވެ. 

މިހާލަތުގައި ގޭގައި ތިބެން ޖެހުމުން ބޭކާރު ފިކުރުތައް ވެސް ކުރެވޭނެއެވެ. ޚާއްޞަކޮށް މާލީ ދަތިކަން ކުރިމަތިވުމުންނާއި އަތުގައި ފައިސާ ހުރި މީހުންނަށް ވެސް އެމީހުން ކުރަން ބޭނުންވާ ކަންކަން ނުކުރެވުމުން ތަފާތު ޚިޔާލުތައް ކުރެވޭނެއެވެ. 

އެހެންކަމުން ނަފްސާނީ އެހީތެރިކަމަށްވެސް ގިނަ ބައަކު ބޭނުންވާނެއެވެ! ކިތަންމެ ހިތްވަރު ގަދަ މީހުންގެ ވެސް ހިތްވަރަށް ބަދަލުތަކެއްވެސް އަންނާނެއެވެ. 

މިޙާލަތުގައި މުސްލިމުން ފަރުވާ ހޯދަން ކުރަން އޮތް އެންމެ ރަނގަޅު ކަމަކީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދުވަސް ހޭދަކުރަން މަސައްކަތްކުރުމެވެ. ފަރުޟު ނަމާދުތަކަށް ރައްކައުތެރިވުމާއި ކީރިތި ޤުރްއާން ކިޔެވުން ގިނަކުރުމެވެ. ދުޢާ ކުރުމާއި ޛިކުރުކުރުން ގިނަކުރުމެވެ. 

ހަމައެކަނި އެންމެ ކަމެއް ޔަޤީންކުރުމުން މައްސަލަ ޙައްލުކުރެވޭނެއެވެ. ޑޮކްޓަރަށް ދިއުމުން ދޭ ބޭ ބޭސް ކެއި ނަމަވެސް ބަލި ފަސޭހަވާނީ ﷲ ތަޢާލާ މިންވަރު ކުރެއްވެވުމުން ކަމެވެ. ވީމާ ޙައްލަކީ ﷲ ތަޢާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުން ކަމެވެ. މިކަން ޔަޤީންކޮށްފި މީހަކަށް އިތުރު ނަފްސާނީ ފަރުވާޢަކަށް ބޭނުމެއް ނުވާނެއެވެ. 

ޔަޤީން ކުރުމަކީ ދުލުން ބުނެލާ ބަހަކަށް ނުހަދާށެވެ! ހިތުން ޤަބޫލު ކުރުމެވެ. ހިތުން ޤަބޫލުކޮށްފި މީހަކަށް ޢަމަލުކުރެވޭނެއެވެ! ޢަމަލު ނުކުރެވެނީ ހިތުން ޤަބޫލު ނުކުރެވޭތީއެވެ. ވީމާ ކުރިން ބުނިފަދައިން " ﷲ ތަޢާލާ އަންގަވާފދައިވާ ގޮތަށް ދުވަސް ހޭދަކުރަން މަސައްކަތްކުރާށެވެ!   ފަރުޟު ނަމާދުތަކަށް ރައްކައުތެރިވެ ކީރިތި ޤުރްއާން ކިޔެވުން ގިނަކޮށް ދުޢާ ކުރުމާއި ޛިކުރުކުރުން ގިނަކުރާށެވެ! ނަފްސާނީ ހުރިހާ ބަލިތަކުން ސަލާމަތް ވެވޭނެތެވެ! އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން