މިވަގުތާއި ހަމައަށް ރާއްޖޭގައި ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު މިވަނީ 52އަށް އަރައިފައެވެ. މާލެ ސިޓީގެ އިތުރުން ރާއްޖެތެރޭގެ ރަށެއްގައި ހުރި މީހަކު ވެސް ވަނީޕޮޒިޓިވްވެފައެވެ.
އަޅުގަނޑުމެން އެދިއެދި ތިބީ ކޮރޯނާގެ ވަބާ ރާއްޖެއާއި ހަމައަށް ނައުމަށެވެ. ނަަމވެސް ބަލި އަތުވެއްޖެއެވެ. ބިދޭސީންތަކެއް ޕޮޒިޓިވްވިއެވެ. ދިވެހިންގެ ތެރެއިން އެންމެ ފުރަތަމަ ޕޮޒިޓިވްވަމުން އައީ ރާއްޖެއިން ބޭރުން ވައިރަސް އާއިއެކު ރާއްޖެ އައުދެވުނު ބައެކެވެ.
މިއަދު ބަލި މިވަނީ މާލޭގެ އިތުރުން ރާއްޖެތެރެއިން ވެސް ފެނިފައެވެ. މިހާލަތުގައި ދުޢާކުރުން ގިނަކުރަންވީ ރާއްޖެއިންނާއި އިސްލާމީ އުންމަތުން އަދި މުޅި ދުނިޔެއިންވެސް ބަލި އަވަހަށް ފިލައިގެން ދިއުން އެދިގެންނާއި އިތުރު މީހުންނަށް ބަލި ނުޖެހުން އެދިގެންނާއި ބަލިޖެހޭ މީހުންނަށް އަވަސް ޝިފާއަކަށް އެދިއެވެ. ހަމަ އެންމެ މީހެއްގެ ފުރާނަވެސް ބަލީގައި ނުގެންދެވުން އެދިގެންނެވެ.
- ޝައިޚް އިބްރާހީމް ފަރީދު