މިސްކިތަށް ނުދެވޭތީ ގޭގައި ނަމާދުކުރި ނަމަވެސް ރަވާތިބް ސުންނަތްތަކަށް ފަރުވާތެރިވާށެވެ! އެއީ ހަމައެކަނި މިސްކިތުގައި ކުރަންޖެހޭ ސުންނަތެއް ނޫނެވެ! ވީމާ ރަވާތިބު ސުންނަތެއް ދޫކޮށްނުލާށެވެ!
ރަވާތިބު ސުންނަތް ނުކޮށް ދޫކޮށްލައިފިނަމަ ނަމާދަކީ ބުރަކަމެއް ކަމުގައި ހަދަން ޝައިޠާނާ މަސައްކަތް ކުރާނެއެވެ! އެ ފުރުޞަތު ޝައިޠޯނާއަށް ނުދޭށެވެ!
ގޭގައި ނަމާދުކުރި ނަމަވެސް ވަގުތު ވަނުމާއި އެކު ފަރުޟު އަދާކުރުމަށް ސަމާލުކަންދޭށެވެ! ފަތިސް ނަމާދުވެސް ފަހުވަގުތަށް ފަސްކުރާނަމަ ޢާއްމު ޙާލަތަށް ބަދަލުވެ މިސްކިތް ތަކުގެ ޖަމާޢަތް ފެށޭއިރު ކަންނެތްކުރުވައި ޖަމާޢަތަށް ދިއުމަށް ޝައިޠާނާ ހުރަސް އަޅާނެއެވެ. ވަގުތުން ވަގުތަށް ނަމާދު ކުރުމަކީ މީހާ ކުރާ ހުރިހާ އަމަލުތަކެއް މުރާލިކޮށްދޭނެ ކަމެކެވެ!
- ހެޔޮ ނަޞޭޙަތް