ހެނދުނު ދުވަސް ފަށާއިރު މުރާލިކަން ލިބޭ ސަބަބާ ކަންނެތްވެފައި ހުންނަ ސަބަބު ޙަދީޘުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ހެނދުނު ދުވަސް ފަށާއިރު މުރާލިކަން ލިބޭ ސަބަބާ ކަންނެތްވެފައި ހުންނަ ސަބަބު ޙަދީޘުން!

އަބޫހުރައިރަތުގެފާނުގެ އަރިއަހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވިއެވެ.

"ތިއަބައިމީހުންގެ ތެރެއިން މީހަކު ނިދައިފި ނަމަ އޭނާގެ ބޮލުގެ ފުއްކިބައިގައި ޝައިޠޯނާ 3 ގޮށް ޖަހާނެއެވެ. ކޮންމެ ގޮށެއް ޖަހާއިރު ބުނާނެތެވެ. ކުރިއަށް ކަލެއަށް އޮތީ ދިގު ރޭގަނޑެކެވެ. ނިދައިލާށެވެ! 

ދެންފަހު އޭނާ ހޭލައި ﷲ އަށް ޛިކުރްކޮށްފި ނަމަ އެތަނުން އެއް ގޮށް މޮހެވޭނެތެވެ. އަދި ވުޟޫކޮށްފިނަމަ އަނެއް ގޮށް މޮހެވޭނެތެވެ! އަދި ނަމާދުކޮށްފިނމަ އަނެއް ގޮށް މޮހެވޭނެތެވެ. 

އަދި ހެނދުނުވާއިއރު ހުންނާނީ މުރާލިކަމާއި ހިތްހަމަޖެހުމާއިއެކުގައެވެ. އެހެން ނޫން ނަމަ ހެނދުނު ހުންނާނީ ހިތް ނުތަނަވަސްވެ ކަންނެތްވެފައެވެ."

(ޞަޙީޙް ބުޚާރީ: 1145) 

މި ހަދީޘްފުޅުން އެނގިގެން މިދަނީ ރޭގަނޑުގެ ނިދި ދޫކޮށްލައި ތެދުވެ ޛިކުރްކުރުމާއި ނަމާދުކުރުމުގެ މުހިންމުކަމެވެ. ނަމާދުކުރާ މީހާ ދުވާލުވާއިއރު ހުންނާނީ މުރާލިކަމާއިއެކުގައި ކަމެވެ. ނޫންނަމަ އެމީހަކު ހުންނާނީ ހިތް ނުތަނަވަސްވެ ކަންނެތްވެފައި ކަމެވެ. 

ފަތިސް ނަމާދަށް ހޭލަން ގަދައަޅައި މަސައްކަތްކުރާށެވެ! އެކަމުގެ ސަބަބުން ލިބިގެންދާނެ ފައިދާ މާބޮޑުވާނެއެވެ. ހިތާމައަކީ ފަތިސް ނަމާދާއިމެދު ގިނަ ބައަކު މިއަދު ޣާފިލުވެފައިވާ ކަމެވެ. ގޭގައި މަޑުކުރަން ޖެހުމުން ވެސް މަދު މީހަކު ނޫނީ ފަތިސް ނަމާދަށް ނުހޭލާ ކަމެވެ. 

އުފާވެރިކަމާއި ދުޅަހެޔޮކަންވެސް ލިބުން އޮތީ ﷲ ތައާލާ އަންގަވާފައިވާ ގޮތުގައި ދުވަސްފެށުމުންނެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން