މުސްލިމެއްގެ ބަނޑުން އުފަންވުމުން ސުވަރުގެ ވަދެވޭނެ ކަމަށާއި ރޯދަ މަހުގެ ދުވަސްތަކުގައި ދުވާލު ނުކައި ހުރުމުން ރޯދަހިފުނީ ކަމަށް ނުބަލާށެވެ! އެއީ އެއްވެސް ޙާލެއްގައި އިސްލާމް ދީނުގައި އެކަން އޮތްގޮތެއް ނޫނެވެ.
މުސްލިމް މައަކަށް ދަރިއަކު ލިބިއްޖެ ނަމަ އެއީ ލިބިގެންދާ ވަރަށް ބޮޑު ނިޢްމަތެކެވެ. ނަމަވެސް މުސްލިމެއްގެ ބަނޑުން އުފަންވެވުމަކީ އެއްވެސް ޙާލެއްގައި ސުވަރުގެ ލިބޭނެ ސަބަބަކަށް ނުވާނެއެވެ.
ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އުފަންވަނީ ފިޠުރަތުގެ ސާފުކަންމަތީގައެވެ. މުސްލިމެއްގެ ބަނޑުން އުފަންވުމުން ލިބިގެންދާ ނިޢްމަތަކީ މުސްލިމެއްގެ ގޮތުގައި ތަރުބިއްޔަތުވުމުގެ ނިޢްމަތެވެ. ނަމަވެސް ސުވަރުގެ ލިބުން ވަނީ ބާލިޣްވުމަށްފަހު ސުވަރުގެ ހޯދަން މަސައްކަތްކުރާ މީހުންނަށެވެ. އިސްލާމް ދީނަށް ޢަމަލުކުރާ މީހުންނަށެވެ.
ހަމައެފަދައިން ބައެއް މީހުންނަށް ހީކުރެވިފައި އޮންނަނީ ރަމަޟާން މަހުގެ ދުވަސްތަކުގެ ދުވާލުގެ ވަގުތުތަކުގައި ނުކައި ނުބޮއި ހުރުމުން ރޯދަ ހިފުނީ ކަމަށެވެ. ނަމަވެސް އެއީ އެއްވެސް ހާލެއްގައި ރޯދަހިފުމެއް ނޫނެވެ. ރޯދައަކަށްވާނީ ރޯދައަށް ހުންނަން ޖެހޭ ވަގުތުތަކުގައި ނުކައި ނުބޮއި ހުރުމާއިއެކު ރޯދަވެރިޔާ ކުރަންޖެހޭ އަޅުކަންވެސް ކުރުމުންނެވެ.
އަލާ އާއި ކާފިރުކަމާއި ދެމެދުގައި ވަނީ ނަމާދު އަޅައިފުމެވެ. ވީއިރު ނަމާދުނުކުރާ މީހާއަށް ރޯދަ ހިފޭނީ ކިހިނަކުންހެއްޔެވެ؟ އިބްނު ޝައިމީންގެ މިބަސްފުޅު ދަލީލަކަށް ފުދެއެވެ.
Shaykh Ibn ‘Uthaymeen was asked in Fataawa al-Siyaam (p. 87) about the ruling on the fasting of one who does not pray.
He replied:
The fast of one who does not pray is not valid and is not accepted, because the one who does not pray is a kaafir and an apostate, because Allaah says (interpretation of the meaning):
“But if they repent [by rejecting Shirk (polytheism) and accept Islamic Monotheism], perform As-Salaah (Iqaamat-as-Salaah) and give Zakaah, then they are your brethren in religion”
[al-Tawbah 9:11]
- އިސްލާމީ ތިލަފަތުގެ ދަރުސަކުން