ރަމަޟާން މަސް ފެށުނީ! މިއޮތީ ޢާއިލާ އެކުގައި ރަމަޟާން މަސް އެންމެ ރަނގަޅު ގޮތުގައި ކާމިޔާބު ކުރެވިދާނެ ފަސޭހަ މަގެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ރަމަޟާން މަސް ފެށުނީ! މިއޮތީ ޢާއިލާ އެކުގައި ރަމަޟާން މަސް އެންމެ ރަނގަޅު ގޮތުގައި ކާމިޔާބު ކުރެވިދާނެ ފަސޭހަ މަގެއް!

މިއަދުގެ އިރު އޮއްސުމުން މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށް ފެށުނީއެވެ. ރޯދަމަސް ފެށުނީއެވެ. ގިނަ ޢަުމުތަކެއްގއި މިވަނީ މިރެއަކީ ރަމަޟާން މަހުގެ ފުރަތަމަ ރޭކަން އިޢުލާން ކޮށްފައެވެ. ވީމާ މިއަދުގެ (ބުރާސްފަތި ދުވަހުގެ) އިރު އޮއްސުމުން އޮތީ ރަމަޟާން މަހުގެ ރޭތަކަށް ކުރިމަތިލައި އަވަހަށް ހެޔޮ އަމަލުކުރުމުގެ މަސައްކަތަށް ފަށައިގަތުމެވެ. 

އާދައިގެމަތިން މަޣްރިބްނަމާދުކުރައްވާށެވެ! ކިޔަވަން އިނދެވެން އޮތްވަރަކުން ކީރިތި ޤުރްއާން ކިޔެވުން ގިނަކުރައްވާށެވެ! ޢިޝާ ނަމާދަށްފަހު ވިތުރިވެސް ކުރައްވާށެވެ! އަވަހަށް ނިދިކުރައްވާށެވެ! ފަހުދަންފަޅީގައި ތެދުވެ ދަމުނަމާދުކުރައްވާށެވެ! ކީރިތި ޤުރްއާން ކިޔެވުމުގައި ފަތިސްވަންދެން އިންނަވާށެވެ! ފަތިސް ވުމުން ފަތިސް ނަމާދުކުރައްވާށެވެ! 

އެއަށްފަހު ކީރިތި ޤުރްއާންކިޔެވުމާއި ޛިކުރު ކުރުމުގައި ވީހައި ގިނައިރު ހޭދަކުރާށެވެ! އެންމެ އިތުރުކަންބޮޑު ގޮތަކީ އިރު އަރައި 10، 15 މިނިޓްވަންދެން އަޅުކަމުގައި އިނދެފައި ޟުޙާ ނަމާދުކުރުމަށްފަހު ނިންމާލައި ޙައްޖަކާއި ޢުމްރާއެއްގެ ޘަވާބަށް އުންމީދުކުރުމެވެ. 

ފިރިހެނުން ނަމަވެސް ޖަމާޢަތުގައި ބައިވެރިވުމަށް މިއަދު މިސްކިތްތަކަށް ދެވެން ނެތްކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އަހަރެމެންނަށްވުރެ މާމޮޅަށް އަހަރެމެންގެ ޙާލަތު ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ މިރޯދަމަހު ދެއްވަވާފައި މިވާ ފުރުޞަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާށެވެ! 

ފަތިސްނަމާދު ވަގުތުމުގެ ކުރިން ޢާއިލާގެ އެންމެން ދަމުނަމާދުކޮށް މިބުނި މަގުން ޢަމަލުކުރާށެވެ! މިޙާލަތުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ! ﷲ ތައާލާ އަންގަވާފަދައިން ދުވާލު ރޯދަ ހިފައި މިބަޔާންކުރިމަގުން ރޭގަނޑު އަމަލުކޮށްފި ކޮންމެ މީހަކުވެސް އަދި ޢާއިލާ ވެސް ހިމެނިގެންދާނީ ރަމަޟާން މަސް އެންމެ ފުރިހަމަގޮތުގައި ކާމިޔާބުކުރާ އަޅުންގެތެރޭގައެވެ. އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ތަރާވީޙް ނަމާދުކުރާނެ ލުއި މަގެއް!

މިއަދު އޮންލައިން